
(ފޮޓޯ ކްރެޑިޓްސް: ހައްޖު ކޯރޕޮރޭޝަން)
ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދާ މީހުން ކޮންމެ ރަށެއްގައި ތިއްބަސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ގޮތް އަދި މާލެ ނައިސް އެ ރަށަކުން ވެކްސިން ވެސް ހިލޭ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ އެކު މިއަދު ހަވީރު މައްކާގައި ބޭއްވެވި ބައްދަލުވުމުގަ އެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގެ މީހުން ހައްޖަށް ދާ ނަމަ މިހާތަނަށް ޖެހެނީ މާލެ އައިސް މެޑިކަލް ކަންކަމާއި ވެކްސިން ޖެހުމުގެ ކަންކަން ފުރިހަމަ ކުރާށެވެ. އޭގެ ސަބަބުން އިތުރު ހަރަދުތަކެއް އަދި ވަގުތުތަކެއް ވެސް ގެއްލޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.
ހައްޖުވެރިންނާ އެކު ރައީސް މުއިއްޒު އިއްޔެ ބޭއްވި ބައްދަލުވުމުގައި އިއުލާން ކުރެއްވި ގޮތުގައި ދިވެހިން ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް މިއަދުން ފެށިގެން ދެން ހިލޭ ލިބޭނެ އެވެ.

(ފޮޓޯ ކްރެޑިޓްސް: ހައްޖު ކޯރޕޮރޭޝަން)
ރައީސް އޮފީހުން ބުނީ، ދިވެހިން ހައްޖުގެ އަޅުކަމަށް ފުރީއްސުރެ އެނބުރި ރާއްޖެ އާދެވެންދެން ވީހާ ވެސް ފުރިހަމަ އަށް ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިއަދު ދެއްވި ކަމަށެވެ. “މިގޮތުން ހައްޖުވެރިންނާ ވަރަށް ގާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ،” ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ. މައްކާގައި ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެ އާއި ސައޫދީ އަރަބިއްޔާގެ ގުޅުމަށް ވެސް ތައުރީފު ކުރައްވައިފަ އެވެ. ހާއްސަކޮށް “މައްކާ ރޫޓް އިނިޝިއޭޓިވް” އާއި މިނާގައި ދިވެހި ހައްޖުވެރިންނަށް މި ފަހަރު “މަތީ ކެޓަގަރީ” ގެ ތަނެއް ހަމަޖައްސައި ދެއްވި ކަަމަށްޓަކައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން އަބްދުލްއަޒީޒަށް ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖެއާ ދޭތެރޭގައި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ބާއްވަނީ ވަރަށް ގާތް ގުޅުމެއް އަދި އެ ގައުމުން ދެކެނީ ދިވެހިންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ހައްޖު ކޯރޕޮރޭޝަން)
“މި ފަހަރު ހާއްސަ ކްލިނިކެއް ވެސް ހަމަޖެހިގެން ގޮސްފައިވޭ. އެއީ ވެސް ހަމަ ސައޫދީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީގައި ވަރަށް އިސްކަމެއް ދެއްވައިގެން ކޮށްދެއްވި ކަމެއް. އެހެންވީމާ މި ގޮތަށް ހުރިހާ ކަމެއް ވެސް ތަރުތީބު ކުރެވިގެން މި ގެންދެވެނީ،” ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި ފަހަރުގެ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހަވާނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވާ ކަމަށެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރި ކުރުމުން ޖިއްދާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުވަތަ އިމިގްރޭޝަންގެ ކިއޫގައި އެއްވެސް ގޮތަކަށް މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ އިންތިޒާމު މި ފަހަރު ހަމަޖެހުނެވެ. އަދި ޖިއްދާގެ އެއާޕޯޓުން ވެސް ހާއްސަ ގޮތްތަކެއް ދިވެހިންނަށް ބެހެއްޓި އެވެ.

(ފޮޓޯ ކްރެޑިޓްސް: ހައްޖު ކޯރޕޮރޭޝަން)
ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ވަކިވަކި ހައްޖުވެރިންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހައްޖުގެ އަޅުކަމަށް ވަޑައިގަތީ ސައޫދީ ރަސްގެފާނުގެ ހާއްސަ މެހުމާންދާރީގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
