
ސަންފްރޮންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ އަހަރުތަކެއް ކުރިން 2010 ވަނަ އަހަރު މާލެ ހުޅަނގު ދެކުނު ހާބަރު ސަރަަހައްދުން ބިން ވިއްކަން ސަރުކާރުން ހުޅުވާލުމުން ސަންފްރޮންޓުން ދެ ބިމެއް ގަންނަން ފައިސާ ދެއްކި އެވެ. އޭރު ސަރުކާރުން ހުޅުވާލީ އެ ސަރަހައްދުން 11 ބިމެއް ވިއްކުމަށެވެ. އޭރު ސަންފްރޮންޓުން 2،000 އަކަފޫޓްގެ ދެ ބިމަށް ބީލަމުގެ އުސޫލުން އަގު ހުށަހެޅުމުން، އެ ދެ ބިން އެ ކުންފުންޏަށް ވިއްކަން ސަރުކާރުން ނިންމުމުން އެ ކުންފުނިން 26 މިލިއަން ރުފިޔާ ދައުލަތަށް ދެއްކި ނަަމަވެސް، އެ ދެ ބިން ވެސް އެ ކުންފުންޏާ ހަވާލުކޮށްފައެއް ނުވެ އެވެ.
އެ ކުންފުންޏާ ބިން ހަވާލުކޮށްފައިނުވަނީ އެ ބިޑް ހުއްޓުވަން ހައި ކޯޓުން އޭރު ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސަންފްރޮންޓުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބިމަށް ދެއްކި 26 މިލިއަން ރުފިޔާ ދެއްކުމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް، އެ ފައިސާ ދައުލަތުން އެ ކުންފުންޏަށް ދީފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ، އެކަމުގެ ބަދަލެއްގެ ގޮތުން 20 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުވާކުރި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވަނީ 20 މިލިއަން ރުފިޔާއަކީ ސަންފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހައްގުވާ މިންވަރުގެ ފައިސާއެއްކަން ލިޔުންތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ހުކުމުގައިވަނީ ދައުލަތަށް އަންގައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
