
އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ. އެ މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ. ރާއްޖޭގެ އިތުރުން، އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އދ. ގެ މެންބަރުކަން ރާއްޖެ އަށް ލިބުނުތާ އަންނަ ސެޕްޓެމްބަރު މަހު 60 އަހަރު ފާހަގަކުރާތީ، އދ. ގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވުން އިތުރަށް ހާއްސަވާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ. މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރެވެ އެވެ. ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރާއްޖެ އިންތިހާބުވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، ރާއްޖޭގެ ބައިވެރިންނާ ގުޅިގެން، އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ސެޝަނަކަށް ހެދުމުގައި ރާއްޖޭން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.
Maldives has been elected as one of the Vice Presidents of the 80th Session of the United Nations General Assembly, which begins in September 2025.
We look forward to working closely with our partners to ensure that the 80th session of the @UN General Assembly is a success. We…
— Dr Mohamed Muizzu (@MMuizzu) June 2, 2025
އަދި ރާއްޖެ އަށް އދ. ގެ މެމްބަރުކަން ލިބުނުތާ 60 އަހަރުން ފުރުން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސްކަމުގެ ދައުރު ފެށޭއިރު، އެއް އަހަރު ދުވަހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. މިއީ މި ސަރުކާރުން ބައިނަލްއަގްވާމީ މައިދާނުގައި މިފަދަ އިންތިހާބެއްގައި ބައިވެރިވެ ރާއްޖޭން ކާމިޔާބުކުރި ތިންވަނަ އިންތިހާބެވެ. މީގެ ހަތަރު ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ރާއްޖެ ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
