
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެވުޒާރާއިން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް “މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު” ގައިވާ ގޮތުގެމަތިން ލޯގޯ ފަރުމާ ކުރުމަށްފަހު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފައެވެ. ހުށަހަޅާ ލޯގޯތަކުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ލޯގޯއަކަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ނިންމާފައެވެ.
“މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު”
* ލޯގޯއިން އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ
* ދިވެހި ދަޢުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒްކޮށްދިނުމާއި ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށް ކުރާ އުންމީދުތައް ރަމްޒްކޮށްދޭން ޖެހޭ
* ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ޤައުމީ ކުލަތައް ކަމަށްވެފައި އިތުރުކުލައެއް ބޭނުންކުރާނަމަ ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ކުލައެއް ކަމުގައިވާ ނޫކުލަ ބޭނުންކުރެވިދާނެ
* މުނާސަބަތާއި ގުޅިގެން އެކިކަންކަމުގައި ބެޖުގެ ގޮތުގަޔާއި ސްޓިކަރގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވާންޖެހޭ
* ބެނާއާއި ޗާޕުކުރެވޭ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުމާއި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވެސް ވާންޖެހޭ
* އިލެކްޓްރޯނިކް މީޑިޔާގައްޔާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ އެއްޗަކަށްވެސް ވާންޖެހޭ
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުށަހަޅާ ލޯގޯތަކުގައި ބަލާނީ ކޮލިޓީ އާއި ޓެކްނިކަލް ފެންވަރަށްކަމަށާއި އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށެވެ. އަދި ދިވެހިވަންތަކަމާއި މިނިވަން ފަސްދޮޅަސް ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށްކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަސް، ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1887 ވަނަ އަހަރުން ފެށިގެން އިނގިރޭސި ސަރުކާރުގެ އަޅުވެތިކަމުގައި ރާއްޖެ އޮތް އޮތުމަށް 1965 ވަނަ އަހަރު، ނިމުން ގެނެސް، މިނިވަންކަމުގެ އެގްރީމެންޓުގައި އޭރުގެ ބޮޑު ވަޒީރު ރައީސް އިބްރާހީމް ނާޞިރު ސޮއިކުރައްވާ ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެއީ އެއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިގޮތުން މިއަހަރު ފާހަގަކުރާނީ ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
