
(ފޮޓޯ ކްރެޑިޓްސް: އެމްއެމްއޭ)
ރާއްޖޭގައި މާލީ އިދާރާއެއް ހިންގުމަށް ހުއްދަ ދޫކުރަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ބޭންކިންގ ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާ އިޖުރާއަތުތަކާ ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކާ ގުޅިގެން އެމްއެމްއޭއިން ނެރުއްވި ބަޔާނުގައިވާގޮތުން، ރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ ދަށުން ބޭންކެއް ހިންގުމުގެ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރަނީ ތިން މަރުޙަލާއަކަށެވެ. މި މަރުޙަލާތަކުގެ ތެރޭގައި ހިމެނެނީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، ލައިސަންސް ދޫކުރުމެވެ.
އެމްއެމްއޭއިން ވިދާޅުވީ، ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި ބަލާ މައިގަނޑު ކަންތައްތަކެއް ހިމެނޭކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމާއި، ރައުސުމާލުގެ މަސްދަރު، ޙިއްސާދާރުންނާއި އިސް މެނޭޖްމަންޓްގެ ފިޓް އެންޑް ޕްރޮޕަރ އަދި ހުށަހަޅާފައިވާ ވިޔަފާރި ޕްލޭނެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްއޭ)
ލައިސަންސް ދޫކުރުމުގެ ކުރިން، އެމްއެމްއޭގެ ލައިސަންސިންގ ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުން ގެންދެވެނީ އެ އޮތޯރިޓީގެ އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގއަށެވެ. އަދި އެންމެ ފަހު ނިންމުން ނިންމަނީ އެމްއެމްއޭގެ ބޯޑުންނެވެ. ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރަނީ “ކޮންޑިޝަނަލް” ހުއްދައެކެވެ. ކޮންޑިޝަނަލް ހުއްދަ ދެވޭ މުއްދަތުގައި ކުންފުނި ރަޖިސްޓްރީ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް މުއްދަތެއް ދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އެމްއެމްއޭއިން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރެއެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ބޯޑުން ލައިސަންސް ދޫނުކުރުމަށް ނިންމި ނަމަވެސް، ކޫލިންގ އޯފް ޕީރިއަޑެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. އަދި އެފަދަ ހުށަހެޅުމެއް ލިބުމުން، އައު އެޕްލިކޭޝަނެއްގެ ގޮތުގައި އަލުން މުޅި އިވެލުއޭޝަން މަރުޙަލާ ހިންގޭނެކަމަށްވެސް އެމްއެމްއޭއިން ނެރުއްވި ބަޔާނުގައިވެއެވެ. މާލީ ދާއިރާ ހަރުދަނާކޮށް، މިދާއިރާއަކީ ނާޒާހަތްތެރިކަން ޤާއިމްވެފައިވާ ދާއިރާއެއްކަން ކަށަވަރުކުރުމަށް އެމްއެމްއޭއިން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް އެމްއެމްއޭއިން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުންކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
