
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް މިލިއަނަކަށްވުރެ ގިނަ ޙައްޖުވެރިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖުގެ ކަންކަން ފަސޭހަކޮށް އިތުރަށް ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އެންމެ ފަހުގެ ސްމާޓް ޓެކްނޮލޮޖީ ބޭނުން ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ނިންމާފައެވެ. އެ ގޮތުން މައްކާގެ އިތުރުން މަދީނާގައި ވެސް މި ފަދަ ޓެކްނޮލޮޖީގެ ބޭނުން ހިފާނެއެވެ. ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ މައި އިދާރާއިން ބުނީ މި އަހަރު ގިނަ ޢަދަދެއްގެ ސުމޭކު ނުވަތަ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ކަމަށެވެ. މިއީ ޙައްޖުގެ އަޅުކަމުގެ ކަންކަން ފަސޭހަ ކުރުމަށް މި ފަދަ އާލާތްތައް ބޭނުން ކުރާ ފުރަތަމަ ފަހަރެވެ. މީގެ ތެރޭގައި މަނާރާ 2ގެ ނަން ދީފައިވާ އޭއައި ރޮބޮޓެއް ވެސް ހިމެނެއެވެ. މިއީ މީގެ ކުރިން ބޭނުން ކޮށްފައިވާ މަނާރާ ރޮބޮޓުގެ ފަހުގެ ރޮބޮޓެވެ. މި ރޮބޮޓުތަކަކީ ޙައްޖުވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުޮކޮށްދީ އިރުޝާދު ދިނުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ރޮބޮޓުތަކެކެވެ. މައްކާގެ މަސްޖިދުލް ޙަރާމުގައި މިހާރު ވެސް ބޭނުން ކުރަމުންދާ މި ރޮބޮޓުތަކުގައި 21 އިންޗީގެ ތަޗް ސްކްރީނެއް ހަރުކޮށްފައި ހުރެއެވެ. އޭގެ އިތުރުން 5ޖީ ނެޓުވޯކު ވެސް އެ ރޮބޮޓުތަކަށް ލިބެއެވެ. އަދި ފެންވަރު ރަނގަޅު ކެމެރާ ވެސް ހަރުކޮށްފައި ހުރެއެވެ.
މަނާރާ 2އަކަށް 11 ބަހުން ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. ދީނީ ކަންކަމާ ގުޅޭގޮތުން ޢާންމުކޮށް ކޮށް އުޅޭ ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމުގެ ކުޅަދާނަ ކަން ވެސް އެ ރޮބޮޓަށް ލިބިފައިވާއިރު، އިތުރު ތަފްޞީލް ބޭނުންވާ ފަދަ ސުވާލުތައް އެ ރޮބޮޓާ ކުރުމުން، އެ ސުވާލުތައް ވީޑިޔޯ މެދުވެރިކޮށް ޝެއިޚުންނަށް ފޮނުވައި، އެ ޝެއިޚުން މެދުވެރިކޮށް ސުވާލަށް ޖަވާބު ފޯރު ކޮށްދެއެވެ. ޢަރަބި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ބެންގަލީ ބަހާއި މެލޭ ބަހާއި އުރުދޫ ބަހުން ވެސް އެ ރޮބޮޓޔތަކާ މުއާމަލާތު ކުރެވެއެވެ. މި ރޮބޮޓުތަކުގެ އިތުރުން ތަފާތު ސެންސަރުތަކާއި ގޭޓް ރީޑަރުތަކާއި އޭއައި ޓެކްނޮލޮޖީ ބޭނުން ކުރާ ސާވައިލެންސް ނިޒާމުތައް ބޭނުން ކޮށްގެން މީހުންގެ ޙަރަކާތްތައް ވެސް ކަމާގުޅޭ އިދާރާތަކުން ވަގުތުން ވަގުތަށް ބަލަމުން ދާނެއެވެ. މި ފަދަ އާލާތްތައް ބޭނުން ކޮށްގެން މީހުން ގިނަވާ ބައިބޯ ސަރަޙައްދުތައް ފާހަގަ ކުރުމަށް ވެސް ފަސޭހަވެގެންދެއެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ ޑްރޯންތަކުން ވެސް މަޢުލޫމާތު އެއްކުރަމުން ދާނެއެވެ. މި ހުރިހާ މަޢުލޫމާތެއް ލިބެމުންދާ ވަރަކަށް، އޭއައި ސޮފްޓްވެއަރއެއް ބޭނުން ކޮށްގެން މުހިންމު ކަންތައްތައް އިދާރާތަކުން ދެނެގަންނަމުން ދާނެއެވެ. މި މަޢުލޫމާތުގެ ބޭނުން ކޮށްގެން ފިތިބާރުވުން ފަދަ ހިތާމަވެރި ހާދިޘާތަކުން ރައްކާތެރިވުމަށް ވަގުތުން ފިޔަވަޅު އެޅޭނެއެވެ.
އޭގެ އިތުރުން ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް، ވަގުތުން ވަގުތަށް މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މައި ތަންތަނުގައި އެކި ޤަައުމުތަކުގެ ބަސްބަހުން ލިޔެފައިވާ ސްމާޓް ސްކްރީންތައް ވެސް ކަމާބެހޭ ފަރާތްތަކުން ޤާއިމު ކުރާނެ އެވެ. ހަމައެއާއެކު ކީރިތި ޤުރުއާން ކިޔަވައި އުނގެނުމަށް އެހީތެރިވެދޭ ޑިޖިޓަލް ޕްލެޓްފޯމެއް ވެސް ޤާއިމު ކޮށްފައި ހުންނާނެއެވެ. އޭގެ އިތުރުން ސޫރަތުލް ފާތިޙާގެ ނަން ދީފައިވާ އެޕެއް މެދުވެރި ކޮށް، އެންމެ ގިނައިން ކިޔަވާ ޤުރުއާނުގެ ސޫރަތުގެ ތަފްޞީލީ މާނަ ދަސްކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިކަންކަމުގެ އިތުރުން އެކި ޤައުމުތަކަށް ނިޞްބަތްވާ ޙައްޖުވެރިންނަށް ދީނީ، ފިކުރީ އަދި އުނގެނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ޚާއްޞަ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
