
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަޢުދީ ޢަރަބިއްޔާގެ ހޫނުމިން އާދަޔާ ޚިލާފަށް ގަދަވާނެ ކަމުގެ އިންޒާރު މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީންނަށް އެ ޤައުމުން ދީފިއެވެ. ސަޢުދީ ޢަރަބިއްޔާގެ މޫސުމާބެހޭ ޤައުމީ އިދާރާ، ނޭޝަނަލް ސެންޓަރ ފޮރ މީޓިއޮރޮލޮޖީ (އެންސީއެމު)ން ބުނީ ޙައްޖުގެ ދުވަސްވަރު ދުވާލުގެ ވަގުތުތަކުގައި 40 ޑިގުރީއާއި 47 ޑިގުރީއާ ދެމެދަށް ހޫނުމިން މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރޭގަނޑުގެ ވަގުތުތަކުގައި ވެސް ފިނިހޫނުމިން ހުންނާނީ 27 ޑިގުރީއާއި 32 ޑިގުރީއާ ދެމެދު ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. އޭގެ އިތުރުން ވައިގެ ތެތްތަކަން ވެސް ހުންނާނީ 15 އިންސައްތައާއި 60 އިންސައްތައާ ދެމެދު ކަމަށް ބެލެވޭތީ އެ ކަމުގެ ސަބަބުން ވެސް ޙައްޖުވެރިންނަށް އުނދަގޫތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެންސީއެމްގެ އިސްވެރިޔާ، ޑރ އައިމަން ޣުލާމް ވިދާޅުވީ ޙައްޖުގެ ދުވަސްވަރު އުތުރުން ހުޅަނގު އުތުރަށް ގަޑިއަކު 25 ކިލޯމީޓަރާއި 35 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން ވައިގެ ތެރޭގައި ހިރަފުސް ދައުރުވާ މިންވަރު އިތުރުވެ، ޚާއްސަކޮށް ހުސްބިންތައް އޮންނަ ސަރަހައްދުތަކާއި މާތް މުޤައްދަސް ބިންތަކަށް ދިއުމަށް ދަތުރުކުރާ ހައިވޭތަކުގައި ފުސްކަން އިތުރުވުން އެކަށީގެންވެއެވެ. އެއާއެކު ސާފުކޮށް ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑރ އައިމަން އިތުރަށް ވިދާޅުވީ ޠާއިފުގެ އުސްބިންތަކުގައި ޛުލްޙިއްޖާ މަހުގެ 8ވަނަ ދުވަހާއި 13ވަނަ ދުވަހާމެދު ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މި ތޫފާންތައް މައްކާއާއި ވަށައިގެންވާ ސަރަޙައްދުތަކަށް ފޯރުން އެކަށީގެންވާ ކަމަށާއި، ފިނި ވައި ކުއްލިއަކަށް ތިރިއަށް ޖެހުމުގެ ސަބަބުން އުފެދޭ ވަރުގަދަ ޑައުންޑްރާފްޓުގެ ސަބަބުން ހިރަފުސްކަން އިތުރުވެ، ޙައްޖާޖީންނަށް އޮންނަ ނުރައްކާ އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ލަފާތަކުގެ އަލީގައި ކަމާބެހޭ އިދާރާތަކުން ވަނީ ހުރިހާ ޙައްޖުވެރިން ވެސް ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ. ގިނައިން ފެންބޮއެ، އިރުގެ ހޫނުން ސަލާމަތްވުމަށް ކުޑަފަދަ އާލާތްތައް ބޭނުން ކުރުމަށް ވެސް އިދާރާތަކުން އިރުޝާދުދެއެވެ. އޭގެ އިތުރުން މޫސުމާގުޅޭ ގޮތުން އިދާރާތަކުން ދޭ މަޢުލޫމާތުތަކާ އެއްގޮތަށް ޢަމަލުކޮށް އަމިއްލަ ޞިއްޙަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ވެސް އެ އިދާރާތަކުން ގޮވާލާފައިވެއެވެ. ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކުން ވަނީ އެ ޤައުމުން އެކިއެކި އިސްނެގުންތަކުގެ ދަށުން ޙައްޖުވެރިންގެ ހެޔޮ ޙާލު ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާ ކަން ފާހަގަ ކޮށްފައެވެ. އެ ގޮތުން މައްކާގެ މަގުތަކުގެ ދުވާރުތަކުގެ ހޫނުކަން ކަން ކުޑަކޮށް، އެ މަގުތައް ވަނީ ދާދި ފަހުން އިފްތިތާޙް ކޮށްފައެވެ. “ކޫލްޑް ރޯޑްސް އިނިޝިއޭޓިވް” ގެ ނަމުގައި ފަށާފައިވާ މަޝްރޫޢުއެއްގެ ދަށުން ކޮށްފައިވާ މި މަސައްކަތުގެ މަޤުސަދަކީ ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްވަރު ބިމުގެ އެންމެ ބޭރު ފަށަލައިގެ ފިނިހޫނުމިން ދަށްކޮށް، އެ ޤައުމަށް ޒިޔާރަތް ކުރާ އެތައް މިލިޔަން ޙައްޖުވެރިންނަށް އަރާމުކަން އިތުރު ކޮށްދިނުމެވެ.
ޙައްޖަށްދާ މީހުންގެ މެދުގައި ހޫނުގަދަކަމާ ގުޅުން ހުރި ބަލިތަކުގެ ނުރައްކާ އިތުރުވަމުންދާތީ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އާދަޔާ ޚިލާފަށް ހޫނުމިން އިތުރުވުން ގުޅިފައި ވަނީ ޖައްވު ހޫނުވުމުގެ ސަބަބުން ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
