
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
އެސޯސިއޭޝަންތައް ހިންގުމުގައި ދެފުށް ފެންނަ އަދި ޖަވާބުދާރީވާނެ ގޮތްތައް އިސްކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބުދުއްސަތާރު (ޗަމްޕީ) ގޮވާލައްވައިފިއެވެ. އެމްއޯސީގެ އައު ހިންގާ ކޮމިޓީ އެކުލަވާލުމަށް އިއްޔެ ހ. މީރުމާގައި ބޭއްވި އިންތިހާބަށްފަހު އިތުރު ދައުރަކަށް ރައީސްކަމާއި ހަވާލުވުމަށްފަހު އެސޯސިއޭޝަންތަކުގެ ވެރިންނާ މުހާތަބު ކުރައްވާ ސައްތާރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުން ހުއްޓުމަކަށް އައިސް، ނޯމަލައިޒްކޮށް ސަސްޕެންޑް ކުރުންފަދަ ކަންކަމުގެ ހުރިހާ ދެރައެއްވެސް ލިބޭނީ ދިވެހި ކުޅިވަރަށާއި އެ ކުޅިވަރެއް ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ.
ސައްތާރު ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ އެއް ކުޅިވަރުކަމުގައިވާ ފުޓްބޯޅައާއި ފަހުގެ ތާރީހުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރުކަމަށްވާ ބެޓްމިންޓަންގެ ބެލެނިވެރި އެސޯސިއޭޝަންތަކަށް އެންމެ ދެކެން ބޭނުންނުވާ ބައެއް ކަންކަން ދިމާވެފައިވާތީ ކަންބޮޑުވާކަމަށެވެ. ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ނޯމަލައިޒްކޮށްފައިވާކަމަށާއި، ބެޑްމިންޓަން އެސޯސިއޭޝަން ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށް އެމްއޯސީގެ ރައީސް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް އެ ހާލަތަށް ދަނީ ހިންގުން ހަރުދަނާކުރުމުގައި ކުރަންޖެހޭ މުހިންމު ބައެއް ކަންކަން ދޫކޮށްލެވުމުން ކަމަށެވެ. “މިސާލަކަށް ދަންނަވާނަމަ ފައިސާގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ގެންދިއުމާއި، މާލީ ހިސާބުތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމާއި، އޮޑިޓް ކުރުންފަދަ ކަންކަމށް އިސްކަން ނުދެވުމުން” ކަމަށް ސައްތާރު ވިދާޅުވިއެވެ.
އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދު ހަރުދަނާކޮށް ޖަވާބުދާރީ ވެވޭ ގޮތަށް، އަދި އެ ކުޅިވަރަކަށް އެންމެ ފައިދާހުރި ގޮތައް ކަންކަން ބައްޓަންކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަނުޖެއްސުމުން އެސޯސިއޭޝަންތަކަށް ނުރަނގަޅު އަސަރުތަކެއް ކުރާކަމަށް ސައްތާރު ވިދާޅުވިއެވެ. އެއްވެސް މީހެއްގެ އަމިއްލަ މަސްލަހަތު ކުޅިވަރުގައި އިސްކޮށްފިނަމަ އޭގެ އެދެވޭ ނަތީޖާއަށްވުރެ ނިކުތުން ގާތީ ނޭދެވޭ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޅިވަރު އެސޯސިއޭޝަންތައް ހިންގަވަން ތިއްބެވި ބޭފުޅުން މިކަންކަމަށް ސަމާލުކަންދީ ކުޅިވަރަށް ދެރައެއް ލިބިދާނެފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށްވެސް ސައްތާރު އިލްތިމާސް ކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމުގައި އެންމެންވެސް އިސްކުރަންވީ ގައުމީ މަސްލަހަތުކަމަށާއި، އެބޭފުޅަކު ނިސްބަތްވާ ކުޅިވަރާއި، އެ ކުޅިވަރުގައި ޝާމިލުވާ ފަރާތްތަކުގެ މަސްލަހަތު ކަމަށް އެމްއޯސީގެ ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
