
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި އިޓަލީގެ ކާލޯ އެންޗެލޮއްޓީގެ ބެލުމުގެ ދަށުން ބްރެޒިލްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި އެވެ. ސައޮ ޕޯލޯގެ ކޮރިންތިއަންސް ޖޯކިމް ގްރާވާ ޓްރެއިނިން ސެންޓަރުގައި ބޭއްވި ފަރިތަކުރުމުގައި އެންޗެލޮއްޓީ ގައުމީ ޓީމަށް ނަގާފައިވާ 25 ކުޅުންތެރިންގެ ތެރެއިން 18 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ދެކުނު އެމެރިކާ ބައްރުގެ ވޯލްޑްކަޕް ކޮލިފައިންގައި ނިކުންނާނީ އެކުއެޑޯ އާއި ދެކޮޅަށެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އަމިއްލަ ގައުމުގައި ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.
ސައުތު އެމެރިކާގެ ކޮލިފައިންގައި ގަދަ ހަ ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ކޮލިފައިންގައި ބާކީ ހަތަރު މެޗު އޮތްއިރު ބްރެޒިލް އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވި މެޗަށްފަހު ބްރެޒިލް އަށް އެދެވޭ ރަގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އޭގެ ފަހުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ކޯޗު ކަމާއި ހަވާލުވިތާ ގިނައިރުތަކެއް ނުވަނީސް އެންޗެލޮޓީ ވަނީ ކުރިއަށް އޮތް ދެ މެޗަށް ތައްޔާރުވުމަށްޓަކައި 25 ކުޅުންތެރިންގެ ސްކޮޑެއް ނަގާފަ އެވެ. އަދި އޭގެ ތެރެއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވި މެޗަށްފަހު ޓީމުން ފުރުސަތު ލިބިފައިނުވާ މެންޗެސްޓަރ ޔުނައިޓެޑްގެ ކަސެމީރޯ އާއި ޓޮޓްނަމް ހޮޓްސްޕަރގެ ރިޗަލިސަން އަށް އެންޗެލޮއްޓީ ވަނީ ފުރުސަތު ދީފައެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން އެންޗެލޮއްޓީ ބުނެފައިވަނީ އޭނާގެ ކުރިމަތީގައި ބުރަ އަދި ބޮޑު މަސައްކަތެއް އެބައޮތް ކަމަށެވެ. “އަހަރެންގެ ކުރިމަތީގައި ބޮޑު އަދި ބުރަ މަސައްކަތެއް އެބައޮތް. އެއީ ބްރެޒިލް އަލުން ދުނިޔޭގެ އެއްވަނަ ޓީމަށް ހެދުން. މިއީ އަހަރެންގެ ހިތުގައި އަބަދުވެސް ހާއްސަ ކަމެއް ދެވިފައިވާ ޓީމެއް. އަދި ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމަކީ ލިބޭ ފަހުރެއް.” އެންޗެލޮޓީ ބުންޏެވެ. ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އަށް ފަހަކަށް އައިސް ރަގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ބްރެޒިލް އަށް ކުރިން ކޯޗު ކޮށްދިން ޑޮރިވާލް ޖޫނިއާ އެ މަގާމުން ވަކި ކޮށްފައިވަނީ މިދިޔަ މާޗު މަހު އާޖެންޓީނާ އަތުން 4-1 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށްފަހުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
