
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ފޯވަޑް ނޭމާ ސަންޓޯސް ނުނެގުމަކީ އަލަށް ޓީމާ ހަވާލުވި ތަޖުރބާކާރު ކޯޗު ކާލޯ އަންޗެލޯޓީގެ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބްރެޒިލްގެ ތަރި ރިވާލްޑޯ ބުނެފި އެވެ. 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދޭން އެންމެ މޮޅަށް ކުޅުނު އެއް ފޯވަޑް ބުނީ ނޭމާ ގައުމީ ޓީމަށް ނެގި ނަމަ އަންޗެލޯޓީ އަށް އެންމެން ފާޑުކިޔާނެ ކަމަށެވެ. “އަންޗެލޯޓީގެ ވަރަށް ރަނގަޅު ނިންމުމެއް އެއީ. ނޭމާ މިވަގުތު ހުރީ ފިޓްކޮށެއް ނޫން. އޭނާ ހުރީ އަނިޔާގައި. އެ އަނިޔާއިން އޭނާ އަރައިގަތުމަށް އޭނާ އެ ދަނީ މަޑުމަޑުން މަސައްކަތް ކުރަމުން. މިވަގުތު އޭނާ ގައުމީ ޓީމަށް ނެގުމަކީ އަހަރެން ދެކޭ ގޮތުގައި ކޯޗަކު ކޮށްގެންވާނެ ކަމެއްނޫން،” ރިވާލްޑޯ ބުންޏެވެ.
ބާސެލޯނާ އާއި އޭސީ މިލާނަށް ވެސް ކުޅުނު ރިވާލްޑޯ ބުނީ ބްރެޒިލް މިވަގުތު ބޭނުންވަނީ މޮޅު ގައުމީ ޓީމެއް އުފައްދަން ކަމަށެވެ. މިހެންވެ ނަމަށް ބަލައިގެން ކުޅުންތެރިން ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ނޭމާ ވެސް ގައުމީ ޓީމަށް އަރަން ވާނީ މުޅިން ފިޓްވެ މޮޅަށް ކުޅޭ ނަމަ ކަމަށެވެ. ބްރެޒިލް ޓީމުން އަންޗެލޯޓީ ޖާގަ ދިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ މިޑްފީލްޑަރު ކަސެމީރޯ އެވެ. އޭނަ އަށް ގައުމީ ޖާޒީން ފުރުސަތު މި ލިބުނީ ގާތްގަނޑަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް ރިވާލްޑޯ ބުނީ މިއީ ރަނގަޅު ބަދަލެއް ކަމަށެވެ. “އޭނާ އަކީ އަންޗެލޯޓީ ވަރަށް ރަނގަޅަށް ދަންނަ ކުޅުންތެރި އެއް. އަންޗެލޮޓީގެ ކޯޗުކަމުގައި އޭނާ ވަނީ ރެއާލް މެޑްރިޑުގައި މޮޅަށް ކުޅެފައި. އަދި އޭނާގެ ކުލަބު މެންޗެސްޓާގައި ވެސް މިހާރު ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން. އެ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ތިބެންވާނެ،” ރިވާލްޑޯ ބުންޏެވެ.
އޭނާ ބުނީ އަންޗެލޯޓީ އަކީ ތަޖުރިބާކާރެއް ކަމަށާއި މިހެންވެ ފާޑު ނުކިޔައި އޭނާ އަށް ބްރެޒިލް ޓީމާއެކު މަސައްކަތް ކުރަން ވަގުތު ދޭން ޖެހޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
