
އޭނާގެ ކުލަބު ފްރާންސްގެ ޕީއެސްޖީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާޔް ކާމިޔާބު ކުރުމުން ކުރީގެ ފޯވަޑް ކީލިއަމް އެމްބާޕޭ މަރުހަބާ ގުޅި ކަމަށް ޕީއެސްޖީގެ ރައީސް ގަތަރުގެ މަހުޖަނު ނަސީރު އަލް ހެލައިފީ ވިދާޅުވެއްޖެ އެވެ. ހޮނިހިރު ދުވަހުގެ ރޭ އިޓަލީގެ އިންޓަމިލާން 5-0އިން ބަލިކޮށް ޕީއެސްޖީ ހޯދި ތައްޓަކީ އެ ޓީމުން ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވަޑް ފްރާންސްގެ އެމްބާޕޭ ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވީ ނިމުނު ސީޒަނަށެވެ. އޭނާ ޕީއެސްޖީ ދޫކޮށްލީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްޓަކަ އެވެ. ޕީއެސްޖީގައި ހުރެ މި ތަށި ކާމިޔާބު ނުކުރެވިދާނެ ކަމަށް ދެކިގެންނެވެ.
ނަމަވެސް ހެލައިފީ ވިދާޅުވީ އެމްބާޕޭ އަށް މި ތަށި ކާމިޔާބު ވުމުގެ ކުރިން ޕީއެސްޖީ ތަށި ހޯދުމުން އެމްބާޕޭ ފޯނު ކުރި ކަމަށެވެ. “އާން އޭނާ އަހަންނަށް ގުޅި މަރުހަބާ ކިޔަން. އަހަރެން އޭނާ އަށް ކާމިޔާބު ލިބުމަށް އެދެން. އޭނާ ގަސްތު ކުރީ ކާމިޔާބު ހޯދަން މުޅިން އެހެން މަގެއް. އަހަރުމެން މިދަނީ އެހެން މަގަކުން،” ހެލައިފީ ވިދާޅުވި އެވެ. ޕީއެސްޖީ ތަށި ހޯދުމުން ފްރާންސްގެ ރައީސް އެމެނުއަލް މާކޮން ވަނީ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ. އަދި ރިއާސީ ގަނޑުވަރުގައި ޓީމާ ބައްދަލުކޮށް ހާއްސަ ހަފުލާ އެއް ވެސް ވަނީ ބާއްވާފަ އެވެ.

އޭނާ ވިދާޅުވީ ޔޫރަޕާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑް މި ސީޒަނުގައި ހައްގުވަނީ ޕީއެސްޖީގެ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބެލޭ އަށް ކަމަށް ވެސް އެމްބާޕޭ ބުނި ކަމަށެވެ. ހެލައިފީ ވިދާޅުވީ ޕީއެސްޖީގެ ކާމިޔާބީއާ މެދު އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި މި ކާމިޔާބީގައި މީގެ ކުރިން އެ ކުލަބަށް ކުޅުނު މޮޅު ކުޅުންތެރިންގެ ހިއްސާ އޮތް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
“ހެމަ ތެދަށް މި ބުނަނީ. އަހަރުމެން ކުލަބަށް ކުޅެން ސޮއި ކުރި ހުރިހާ ކުޅުންތެރިންނަށް އަހަރެން ޝުކުރު އަދާ ކުރަން. މި ޕްރޮޖެކްޓްގައި އެ މީހުންނަކީ މުހިންމު ދައުރެއް އާދާކުރި ކުޅުންތެރިން މިއަދު ކުލަބުގައި ނެތަސް. މި ގޮތުން ކުރީގެ ކެޕްޓަން ތިއާގޯ ސިލްވާ އާއި ލާޓަން އިބްރަހިމޮވިޗާއި އެޑިންސަން ކަވާނީ އާއި ތިއާގޯ މޮޓާ އާއި އެންހެން ޑިމާރިއާ އާއި އެ ނޫން ވެސް ކުޅުންތެރިން ހިމެނޭ. އަދި ލަޔޮނަލް މެސީ އާއި ނޭމާ އާއި އެމްބާޕޭ ވެސް މި ކުލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ކުރަން،” ހެލައިފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެސްޖީގެ ކާމިޔާބީގެ ސަބަބަކީ މޮޅު ސްޓާރުން ބޮޑު އަގުގައި ގަތުން ހުއްޓާލާފައި ޒުވާން ކުޅުންތެރިންނަށް އިންވެސްޓް ކުރުމުން ކަމަށެވެ. މިހެންވެ ދެން އެ ކުލަބުން ކުރި އަށް ދާނީ އަނެއްކާ ވެސް މިފަދައިން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
