
އިޓަލީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ސާޖިއޯ މަތަރެއްލާއާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިޓަލީގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ރައީސް ސާޖިއޯ މަތަރެއްލާއާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެެވެ. ރައީސް ވިދާޅުވީ އިޓަލީގެ ޖުމްހޫރީ ދުވަސް ހާމަކޮށްދެނީ އެ ޤައުމުގެ ރައްޔިތުން މިނިވަންކަމާއި އިންސާފު ހޯދުމަށް ކުރި މަސައްކަތް ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އިޓަލީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުތައް ނަގަހައްޓަމުން އަންނަ ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޖެއާއި އިޓަލީއާއެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށްގެންދިއުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.
It is a pleasure to convey greetings and good wishes to His Excellency President Sergio Mattarella, Her Excellency Prime Minister @GiorgiaMeloni, the government, and the people of Italy on their Republic Day. This day highlights the Italian people’s fight for freedom and justice,… pic.twitter.com/gtK2V3h6ea
— Dr Mohamed Muizzu (@MMuizzu) June 2, 2025
އިޓަލީގެ ޖުމްހޫރީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން މަހުގެ 2ވަނަ ދުވަހުއެވެ. އެ ދުވަހަކީ އިޓަލީގައި އޮންނަން ބޭނުންވަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ ބެލުމަށް ވޯޓު ނެގި ދުވަހެވެ. އެ ވޯޓުން ފާސްވީ ޖުމްހޫރީ ވެރިކަމެއް އިޓަލީގައި އޮންނަން ފެންނަ ކަމަށެވެ. އެހާ ހިސާބުން ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
