
ދެޤައުމުގެ ގުޅުމުގެ ރަމްޒެއްގެ ގޮތުން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރެއްވުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމަވައިފިއެވެ. ހަދިޔާކުރައްވަން ނިންމަވާފަވަނީ ކަނޑުގެ ހައިޑްރޯ ގްރެފިކް އިކުއިޕްމަންޓާއި، ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެކެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
މުހިންމު މަޝްވަތާތަކަކަށްފަހު ރާއްޖޭގެ ދިފާޢީ ވަޒީރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓެއް ވަނީ ދެއްވާފައެވެ. މި ސްޓޭޓްމަންޓްގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާނު މައުމޫން ވިދާޅުވީ އަސްކަރީ އުޅަނދެް ހަދޔާކުރެއްވުމަށް އޮސްޓްރޭލިޔާއިން ނިންމެވި ނިންމުމަކީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ މި ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް އޮސްޓްރޭލިއާގެ އެހީތެރިކަން ލިބެމުންދާކަމަށާއި އެޤައުމުން މި ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށްވެސް ބާރަކަށްވެގެންދާކަމަށެވެ.
“މި ވެސްލް ބަނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން. ކަނޑުގެ އަސްކަރިއްޔާގެ ކުރިއެރުމަށް ބޮޑު އެހީއަކަށް މިކަންވާނެ. އަދި މި ދާއިއިން ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑު ވާރަކަށް ވާނެ” ދިފާޢީ ވަޒީރު ޣައްސާން މައުމޫނު ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ރިޗާޑް މާލްސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އޮސްޓްރޭލިއާއަށްވެސް މުހިންމު ކަމަށާއި އެ ޤައުމުގެ އިޤްތިޞާދާ ވިޔަފާރިއަށް އެސަރަޙައްދު މުހިންމުކަން ފާހަގަކުރައްވާ ރިޗާޑް މާލްސް ވިދާޅުވީ، ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ބަދަހިވެގެންދިއުމަކީ ލިބޭ ބޮޑު އުފަލެއްކަމަށެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާ ކުރާ އަސްކަރީ ކަނޑު އުޅަނދު މިހާރު ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އުޅަނދު އަންނަ އަހަރު ރާއްޖެއަށް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި އޮސްޓްރޭލިއާގެ ސަފީރެއް ޤާއިމުވެ ހުރުމަކީވެސް މި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.
“ހަދިޔާކުރަން ނިންމި އުޅަނދަކީ ހަމައެކަނި އަސްކަރީ އެހީތެރިކަމެއް ނޫން. މިއިން އެންމެ ބޮޑަށް ގެނިގެންދަނީ ރާއްޖެއާއި އޮސްޓްރޭލިއާގެ ބަދަހިވަމުންދާ ގުޅުން. އަދި މި ގުޅުން މިހާރު ބިނާވަމުންމިދަނީ އިސްތިރާޖީ ގުޅުމަކުން. ކުރިމަގުގައިވެސް ރާއްޖެއަށް އޮސްޓްރޭލިއާގެ އެހީތެރިކަން ލިބޭނެ” އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރ ރިޗާޑް މާލްސް ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރާ ކަނޑު އުޅަނދުގެ އިތުރުން، މަލްޓި-ބީމް އިކޯ ސައުންޑަރ، ހައިޑްތޯގްރެފިކް އިކުއިޕްމަންޓް އަދި ކެޕޭސިޓީ ބިލްޑިންގްގައިވެސް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މެޕް ކުރުމަށް އެހީވެދޭ ވަސީލަތްތަކެކެވެ. މި އެހީގެ ސަބަބުން އިގްތިޞާދީ ރައްކާތެރިކަންވެސް ކަށަވަރުކުރެވޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
