
ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އިންޑިއާގެ “ޓައިމްސް އޮފް އިންޑިއާ” ނޫހުން ބުނީ، މިދިޔަ ހަފްތާ ބަންދުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް މޯދީއަށް ދެއްވި ރަސްމީ ދައުވަތު އަރުވާފައިވާ ކަމަށެވެ.
މޯދީގެ އެ ދަތުރުފުޅުގެ ސީދާ ތާރީހެއް އަދި މުޅިން ފައިނަލް ނުވިޔަސް، އިންޑިއާ ސަރުކާރުން ވިސްނަމުންދަނީ، ޖުލައި 26 ގައި ބާއްވާ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގެންނެވުމަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެ އެވެ. ކުރީގެ ސަރުކާރުގައި ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެތިބިކަމަށް ބުނެ “އިންޑިއާ އައުޓް”ގެ ނަމުގައި ކުރި ވަރުގަދަ ކެމްޕޭނެއްގެ މަތީގައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، އިންޑިއާ އާއެކު އޮތީ ވަރަށް ނުތަނަވަސް ގުޅުމެކެވެ.
އޭގެފަހުން، އިންޑިއާގެ ޖަޒީރާ ރަށްތައް، ލަކްޝަދީބް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން މޯދީ އިސްވެ ފެއްޓެވި ކެމްޕޭނެއްގެ ތެރެއިން، ދިވެހި ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންތަކެއް މޯދީއަށް ބަދު ބަސްތައް ރައްދުކުރި މައްސަލަ ވަރަށް ހޫނުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި އެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރުމުގެ ވަރުގަދަ ސޯޝަލް މީޑިޔާ ކެމްޕޭނެއް ފަށައި، ރާއްޖެއަށް އަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވި އެވެ. ނަމަވެސް، އޭގެފަހުން ހާއްސަކޮށް ދެ ގައުމުގެ ހާރިޖީ އިސް ބޭފުޅުން ކުރެއްވި މަސައްކަތުން ދެ ގައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. މިގޮތުން، ދެ ގައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ރަސްމީ ދަތުރުތަކާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ބައްދަވުންތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ބޭއްވިފަ އެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސް ކުރައްވައިފަ އެވެ.
ރަނގަޅުވަމުން އައި ގުޅުމުގެ ތެރެއިން، އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދަތިކަމުގެ އިތުރުން ޑޮލާރުގެ ތާށިކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ކުރީގެ ސަރުކާރުން ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށްދީފަ އެވެ. އަދި ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި ދިނުމުގެ އިތުރުން، އިންޑިއާއިން އެތެރެކުރާ އަސާސީ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް ހަމަޖައްސައިދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
