
(ފޮޓޯ ކްރެޑިޓްސް: މިހާރު ނޫސް)
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ. އިއްޔެ މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވުނީ އިރުއޮއްސުން ފަހުންނެެވެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ފަހުމީ ވަނީ ކަރަންޓު ދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
“މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،” އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަހުމީ ވިދާޅުވި އެވެ.
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައި. ކަރަންޓު އަލުން ދިނުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް…
— Hussain Fahmy (@HussainFahmy09) June 1, 2025
ފަހުމީ ވަނީ ފަސް ގަޑިއިރު ކަރަންޓު ނެތި ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ. ފަހުމީ ވިދާޅުވީ ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ. ގިނަ އިރުތަކެއް ފަހުން އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައި މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި އެނަޖައިޒް ނުކުރެވި ހުރީ ހުޅުމާލޭ ރުއްގަނޑު 1 ގައި ހުރި ޓްރާންސްފޯމަރެއް އެކަނި ކަމަށް، އިރު އޮއްސުނު ވަގުތު ސްޓެލްކޯއިން ބުންޏެވެ.
އިއްޔެ މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަހު އެކަން ބަލާނެ ކަމަށް ބުންޏެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އަންގައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
