
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކަރަންޓު ކެނޑުނަސް ބަލި މީހަކަށް ދޭންޖެހޭ ފަރުވާގެ އެއްވެސްކަމެއް މެދުކެނޑިފައިނުވާކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުލް ރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. އިއްޔެ މެންދުރު 12:30 އެހާ ކަންހާއިރު މުޅި މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވީ ވިލިނގިލީ ހޮސްޕިޓަލް ފިޔަވައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ހުރިހާ ތަނަކުން ކަރަންޓު ގޮސްފައިވާ ކަމަށެވެ. ކަރަންޓު ދިއުމާއެކު ވަގުތުން ބެކަޕް ޖެނެރޭޓަރުތަކުން ކަރަންޓުދޭން ފަށާފައިވާކަމަށް ޢަބްދުލްރައްޒާޤު ވިދާޅުވިއެވެ.
ޢަބްދުލްރައްޒާޤު ވިދާޅުވީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ލިބެން ފެށި ނަމަވެސް، ކަރަންޓު އެއް މިނެއްގައި ނުހިފަހައްޓާ ކަމަށެވެ. އެެހެންކަމުން ކަރަންޓު އެންމެ ބޮޑަށް ބޭނުންވާ ތަންތަނަށް ބެކަޕް ޖެނެރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓު ދެމުންގެންދާކަމަށް ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވީ ކަރަންޓު ދިނުމާ ގުޅިގެން ފޯރުކޮށްދޭންޖެހޭ ފަރުވާއަކަށް އެއްވެސް ބުރުލެއް އަރާފައިނުވާ ކަމަށެވެ. އަދި ޖެނެރޭޓަރުތަކުން ކަރަންޓު ދެމުންގެންދާތީ ކަރަންޓު މެދު ކެނޑުމުގެ ހާސްކަން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ އެކިއެކި ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓު ދޭން ފަށާފައެވެ. ކަރަންޓު ލިބުނު ނަމަވެސް، އެއް މިނެއްގައި ކަރަންޓު ނުހިފަހައްޓާކަމަށް ގިނަ ގޭބިސީތަކުން މަޢުލޫމާތު ލިބެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
