
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ޕްލެޓްފޯމުން އެކަނި ޚިދުމަތް ލިބޭގޮތަށް ބަދަލުކުރުން ފަސްކޮށްފިއެވެ. ނެޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން”އަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެެވެ. މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން މި ޕްލެޓްފޯމުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންވެސް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަދުން ފެށިގެން ހަމައެކަނި މި ޕްލެޓްފޯމުން އެ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް މީގެ ކުރިން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، އެކްސްޕޯޓް އިމްޕޯޓާއި ގުޅޭ ހިދުމަތްތައް ޓްރޭޑިއަން ޕްލެޓްފޯމުން އެކަނި ލިބޭގޮތަށް ބަދަލުކުރުން ފަސްކޮށްފައިވާކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ އިމްޕޯޓް އެކްސްޕޯޓް އާއިގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ޓްރޭޑިއަން ޕްލެޓްފޯމާއި ގުޅުންހުރި އެހެން ސިސްޓަމްތައް ގުޅުވާލުމާއި، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އެއްވެސް މައްސަލައެއް ދިމާނުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަން ޖެހޭ ޓެސްޓުތަކެއް ކުރުމަށް އިތުރަށް ވަގުތު ބޭނުންވާތީކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއަދުން ފެށިގެން މި ޚިދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަންކަމަށް އޮތް އޮތުން ފަހުގެ ތާރީޚަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މި ބަދަލާއި ގުޅިގެން، ވަކި ތާރީޚެއް ކަނޑައެޅެންދެން، މިހާރެކޭވެސް އެއްގޮތަށް އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުން އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ޚިދުމަތްތައް ދިނުމަށް ތައްޔާރުވިހާ އަވަހަކަށް އެކަން އިއުލާނު ކުރައްވާނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މިކަމާއި ގުޅޭ ގިނަ ބައްދަލުވުންތަކެއް ޓްރޭޑް ނެޓްގެ ފަރާތުން ވަނީ ބާއްވާފައެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
