
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި އަހަރުގެ ޙައްޖުގެ އަޅުކަން ޢަދާ ކުރާ ޙައްޖާޖީންގެ ތެރާގައި ހިމެނޭ ބަލި ޙާލަތު އެންމެ ރަނގަޅު ނޫން ޙައްޖާޖީންގެ ޙާލަތު ގާތުން ބެލުމަށް،، ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ސްމާޓް ގަޑިއެއް ސަޢުދޫ ޢަރަބިއްޔާއިން ދަނީ ޙައްޖާޖީންނަށް ފޯރު ކޮށްދެމުންނެވެ. ޙައްޖުގެ އަޅުކަން ޢަދާ ކުރަމުންދާއިރު ޙައްޖާޖީންގެ ޞިއްޙީ ޙާލަތާ ގުޅޭ މަޢުލޫމާތު ސްމާޓް ގަޑީގެ ބޭނުން ކޮށްގެން އެއްކޮށް، އެ މަޢުލޫމާތު ކަަމާގުޅޭ އިދާރާތަކާ ދާނީ ވަގުތުން ޙިއްޞާ ކުރަމުންނެވެ. މައްކާ ހެލްތު ކުލަސްޓާރ އިން ފޯރު ކޮށްދޭ މި ސްމާޓް ގަޑި މި އަހަރު ބޭނުން ކުރަމުން ދަނީ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން 2025ވަނަ އަހަރުގެ ޙައްޖުގައި ޞިއްޙަތާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ޤާއިމު ކޮށްފައިވާ ސިޔާސަތެއްގެ ދަށުންނެވެ.
މި ގަޑި ބޭނުން ކުރުުމުން ޞިއްޙީ ފަރުވާދޭ ބޭފުޅުންނަށް، ޙައްޖާޖީންގެ އަޅުކަމަށް ބުރޫ ނާރާ ގޮތަށް އެ މީހުންގެ ޙާލަތު ގާތުން ބަލަމުން ދިޔުމަށް މަގުފަހިވެގެން ދެއެވެ. ސްމާޓް ގަޑި މެދުވެރިކޮށް ޙައްޖާޖީންގެ ހިތުގެ ތެޅުން ހުންނަ މިންވަރާއި ލޭގެ ޕްރެޝަރާއި، އޮކްސިޖަން ހިފަހައްޓާ މިންވަރާއި ހަށިގަނޑުގެ ފިނިހޫނުމިން އަބަދު ވެސް ހުންނާނީ ބެލިބެލިއެެވެ. އަދި އެ މަޢުލޫމާތު ދާނީ ކަމާ ގުޅޭ އިދާރާތަކާ ޙިއްޞާ ވަމުންނެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަން ޢަދާ ކުރަމުންދާ ދުވަސްވަރު ވެގެން ދާނީ ފަހުގެ ތާރީހެއްގައި ހޫނު މޫސުމަށް ހައްޖުގެ އަޅުކަން ޢަދާ ކުރުން ލައްވައިލާ އެންމެ ފަހު އަހަރަށެވެ. ކުރިއަށް އޮތް 16 އަހަރު ދުވަހު ޙައްޖު މަހާ ދިމާވާނީ ބަހާރު މޫސުމާއި ފިނި މޫސުމާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
