
(ފޮޓޯ ކްރެޑިޓްސް: ގަލްފް ނިއުސް)
މި އަހަރުގެ ޙައްޖަށް ސަޢުދީ ޢަރަބިއްޔާއިން ވަމުންދާ ވަރުގަދަ ތައްޔާރީތަކުގެ ތެރެއިން މައްކާގައި ސަލާމަތީ ބާރުތަކުގެ ބޮޑު ޕެރޭޑަކާއި އަސްކަރީ ތަމްރީންތަކެއް ބާއްވައިފިއެވެ. އެ ޙަރަކާތުން މި އަހަރުގެ ޙައްޖުގައި ބައިވެރިވާ އެތައް ހާސް ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ދޭ އަޙައްމިއްޔަތު ކަން ހާމަވެގެން ދެއެވެ. ވަރަށް ކުލަގަދަ ކޮށް ބޭއްވި މި ޕެރޭޑުގެ ކަންކަން އިންތިޒާމް ކޮށްފައި ވަނީ ސީދާ ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވަޒީރު އަމީރު ޢަބްދުލް ޢަޒީޒް ބިން ސަޢުދުގެ ބެއްލެވުމުގެ ދަށުންނެވެ. މި ޙަރަކާތުގައި އެތައް ހާސް ސިފައިންނާއި އަސްކަރީ ހެލިކޮޕްޓަރުތައް ބައިވެރިކޮށް، ސަލާމަތީ ޚާއްޞަ ޔުނިޓުތަކުގެ ހެވިކަމުގެ ކުޅިވަރުތައް ދައްކާލާފައިވެއެވެ.
މި ޙަރަކާތުގެ މަޤުސަދަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށޭ ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަށް ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ތަައްޔާރުވެފައިވާ މިންވަރު ބަލައި ޔަޤީން ކުރުމެވެ. އަހަރަކު އެއްފަހަރު ބާއްވާ ޙައްޖު ސަލާމަތީ ޕެރޭޑަކީ ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ޢަޒުމު ދައްކުވައިދޭ ރަމްޒީ ނިޝާނެއް ވެސް މެެއެވެ. އޭގެ އިތުރުން އެއީ މައްކާއާއި މަދީނާއާއި މިނާއާއި ޢަރަފާތާއި މުޒްދަލިފާއަށް ޙައްޖުގެ އަޅުކަމަށް އެތައް ހާސް ބަޔަކު އެއްވާއިރު ހަމަޖައްސަންޖެހޭ ދަތުރުފަތުރުގެ އިންތިޒާމުތަކާއި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޙަރަކާތެކެވެ. މި އަހަރުގެ ޙަރަކާތުގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ އޮފިސަރުންގެ ޙަރަކާތްތަކުގެ އިތުރުން، ކުއްލި ޙާލަތުގައި ދިމާވާ ކަންކަމަށް ސަލާމަތީ ބާރުތަކުން އިޖާބަދޭ ގޮތާއި އެހެނިހެން ކުއްލި ޙާލަތްތަކުގައި ކުރިމަތިވާ ނުރައްކާތައް ނައްތާލުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރާ ގޮތް ދައްކުވައިދީފައިވެއެވެ. އުޑުމަތީގައި އެކި ތަރުތީބަށް ހެލިކޮޕްޓަރުތައް އެތުރެމުންދިޔައިރު ބިމުގައި ޙަރަކާތްތެރިވަމުންދިޔަ ޔުނިޓުތައް ދިޔައީ ކުއްލިއަކަށް ޙަރަކާތްތެރިވާން ޖެހޭ ޙާލަތުގައި ކަންކުރާ އަވަސް ގޮތްތައް ދައްކުވައިދީފައެވެ.
ޢާންމު ސަލާމަތާބެހޭ ޑިރެކްޓަރު އަދި ޙައްޖު ސަލާމަތީ ކޮމިޓީގެ މުޤައްރިރު، ލެފްޓެނަންޓް ޖެނެރަލް މުޙައްމަދު އަލް ބައްސާމީ ވިދާޅުވީ ޙައްޖުގެ ސަލާމަތީ ކަންކަމަކީ ރަތް ރޮނގެއް ކަމަށާއި ޙައްޖާޖީންގެ އަމާންކަމަށް ހުރަސްއެޅޭ އެންމެހާ ކަންކަމާ ކުރިމަތިލުމަށް ސަލާމަތީ ބާރުތަކުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ފަސޭހަކަމާއި އަމާންކަމާއެކު ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަން ޢަދާ ކުރެވޭނެކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރުގެ ޙައްޖު މޫސުމުގައި ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 40،000އަށްވުރެ ގިނަ އޮފިސަރުން ޙަރަކާތްތެރި ވާނެއެވެ. މީހުން ގިނައިން ޖަމާވާ ސަރަޙައްދުތަކުގައި ބައިބޯވުން ކޮންޓްރޯލު ކޮށް، އުޅަނދު ފަހަރު ދަތުރުކުރާއިރު ޓްރެފިކް ބެހެލެއްޓުމުގެ އިތުރުން ސާވެެއިލަންސް މަސައްކަތަކުގައި އާއި ވަގުތުން ފިޔަވަޅު އަަޅަންޖެހޭ ޙާލަތްތަކުގައި މި އޮފިސަރުން ޙަރަކާތްތެރިވާނެއެވެ.
ޙައްޖުގެ ކަންކަން ބެލެެއްޓުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ބޭނުން ވެސް ހިފާނެއެވެ. އެ ގޮތުން މީހުންގެ މޫނު ދެެނެގަންނަ ފޭޝަލް ރިކޮގްނިޝަން ނިޒާމުތަކާއި ޑްރޯންތަކާއި ސްމާޓް މޮނިޓަރިންގ ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެއެވެ. މި ނިޒާމުތައް ބޭނުން ކޮށްގެން އާދަޔާ ޚިލާފު ޙާލަތެެއް ދެގެނަގެވުމުން ވަގުތުން ފިޔަވަޅު އެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. ޙައްޖުގެ އަޅުކަމަށް މިހާރު ވެސް ގިނަ ޢަދަދެއްގެ ޙައްޖާޖީން ސަޢުދީ ޢަރަބިއްޔާއަށް އައިސްފައިވާއިރު، ސަޢުދީ ސަރުކާރުގެ އެކި އިދާރާތަކުގެ ދެމެދުގައި މުއާމަލާތު ކުރާ އުސޫލުތައް ވަނީ ހަރުދަނާ ކޮށް ވަރުގަދަ ކޮށްފައެވެ. އެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއާއި ޞިއްޙީ ވުޒާރާއާއި ދަތުރުފަތުރާބެހޭ ވުޒާރާގެ އިތުރުން މަަދަނީ ދިފާޢުއާ ގުޅޭ ވުޒާރާއިން ދަނީ ހުރިހާ ވުޒާރާއެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވުޒާރާތަކުން ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ކުއްލި ޙާލަތުގައި ބޭސްފަރުވާ ފޯރުކޮށްދޭ ޚިދުމަތާއި ސާފުތާހިރުކަން ބަލަހައްޓާ ޔުނިޓުތަކާއި ދަތުރުފަތުރު ކުރުމަށް ބޭނުންވާ އެންމެހާ ބިނާރާގުޅޭ މަސައްކަތްތައް ވެސް ހިމެނެއެވެ. މިލިއަނަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ ޢަދާ ކުރާ ޙައްޖުގެ އަޅުކަމަކީ ދުނިޔޭގެ ނިޞްބަތުން ވެސް ފުރިހަމައަށް އިންތިޒާމު ކުރަން އެންމެ އުނދަގޫ އެއް ޙަރަކާތަށް ވާނެ ކަމާމެދު ޝައްކެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
