
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ދެ ސަރަޙައްދެއްގައި ހުރި ދެ ފާލަމަކަށް ދިން ޙަމަލާތަކެއްގައި ހަތް މީހުން މަރުވެ 69 މީހުންނަށް ޒަޚަމް ވެއްޖެއެވެ. ޔުކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ ސަރަޙައްދުތަކުގައި ހުރި ދެ ފާލަން ގޮއްވާލާފައި ވަނީ ތިން އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެސް ޞުލްޙަ ޤާއިމު ކުރުމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ރަޝިޔާއިން ބުނީ އެ ޤައުމުގެ ބްރައިންސްކް ސަރަޙައްދުގައި ހުރި ހައިވޭ ބްރިޖު ގޮއްވާލާފައި ވަނީ 388 ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ރޭލެއް އެ ފާލަމުގެ އަޑިން ދަތުރު ކުރަމުންދިޔަ ވަގުތު ކަމަށެވެ. އޭގެ ހަތަރު ގަޑިއިރު ފަހުން ކޫރްސްކް ސަރަޙައްދުގެ ރެއިލްވޭ ބްރިޖެއް ގޮއްވާލާފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ޔުކްރެއިނަށް ޙަމަލާދީ ހަނގުރާމަ ފެށި ފަހުން ޔުކްރެެއިނާއެކު ސަރަޙައްދީ ރޮނގު ޙިއްޞާ ކުރާ ރަޝިޔާގެ ސަރަޙައްދުތަކަށް އެ ޤައުމުން އާންމު ކޮށް ޙަމަލާދެއެވެ. ޢާންމުންނަށް އަމާޒު ކޮށް ޙަމަލާ ދޭ ކަމަށް ދެ ފަރާތުން ތުހުމަތު ކުރި ނަމަވެސް ދެ ފަރާތުން ވެސް އެ ތުހުމަތުތައް ދޮގު ކުރެއެވެ. މީސްމީޑިޔާގައި ދައުރުވަމުންދާ ބްރައިންސްކް ސަރަޙައްދުގެ ފޮޓޮއާއި ވީޑިޔޯއިން ގެއްލުން ލިބިފައިވާ ރޭލުން ފަސިންޖަރުން ކަނު އަނދިރީގައި ނިކުންނަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. ފާލަމުގެ މަގެއް ވެއްޓިފައި ވަނީ ރޭލުގެ ބައެެއްގެ މައްޗަށެވެ. ފާލަން ގޮއްވާލި ވަގުތު އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔައީ ރަޝިޔާގެ ކްލިމޯވޯއިން މޮސްކޯއަށް ދަތުރު ކުރި ރޭލެއް ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު، އަލެކްޒަންޑަރ ބޮގޮމަޒް ވިދާޅުވިއެވެ.
ބޮޑެތި ޖަރީމާތައް ބަލާ ރަޝިޔާގެ ތަހުޤީޤީ ކޮމިޓީން ބުނީ ދެ ގޮވުމަކީ ވެސް ގުޅުންހުރި ދެ ގޮވުން ކަަމަށާއި ދެ ފާލަން ވެސް ގޮއްވާލާފައި ވަނީ ދުރާލާ ރާވައިގެން ގަސްތުގައި ކަމަށެވެ. ފާލަންތައް ގޮއްވާލި ހާދިޘާއާ ގުޅޭގޮތުން ޔުކްރެއިނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޙަމަލާތައް ދީފައި ވަނީ ތުރުކީވިލާތުގައި ރަޝިޔާއާއި ޔުކްރެއިނާ ދެމެދު ސީދާ މަޝްވަރާތައް ކުރުމަށް އެމެރިކާއިން ހިތްވަރުދެމުން ދަނިކޮށް، ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުގެ އެއް ދުވަސް ކުރިންނެވެ. ރަޝިޔާގެ ސިޔާސީ ވެރިން ޤަބޫލު ކުރާ ގޮތުގައި ފާލަންތަކަށް ދިން ޙަމަލާތަކުގެ ފަހަތުގައި ވަނީ ޔުކްރެއިނެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ ޞުލްޙައާ ބެހޭ މަޝްވަރާތަކަށް ހުރަސް އެޅުން ކަމަށް އެ ބޭފުޅުން ޤަބޫލު ކުރައްވައެވެ.
ރަޝިޔާގެ ޤަނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ދިފާޢީ ކޮމިޓީގެ މުޤައްރިރު، އަންދްރެއި ކާޓަޕޮލޮވް ވިދާޅުވީ މި ޙަމަލާތަކަކީ ޔުކްރެއިންގެ ޚާއްޞަ ޚިދުމަތުން ދީފައިވާ ޙަމަލާތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔުކްރެއިންގެ އަމާޒަކީ ޞުލްޙައިގެ މަޝްވަރާތަކުގެ ކުރިން ރަޝިޔާ ރުޅިއަރުވާލައި ރަޝިޔާއިން ދޭ ޙަމަލާތައް ވަރުގަދަ ކުރުވުން ކަމަށެވެ. އަދި މީހުންނަށް ބިރުދެއްކުން ކަމަށެވެ. ނަމަވެސް ޔުކްރެއިނަށް އެ މަޤްސަދު ޙާޞިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނީ އެ ޤައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސް، އެފްއެސްބީއިންނާއި ކުއްލި ޙާލަތްތަކާބެހޭ ވުޒާރާއިން ޙަމަލާތަކާ ގުޅޭ މަޢުލޫމާތު އެ ޤައުމުގެ ރައީސް ވްލަޑްމީރު ޕޫޓިންއަށް ވަގުތުން ވަގުތަށް ޙިއްޞާ ކުރަމުން ދިޔަ ކަމަށެވެ. ބަރައިންސް ގަވަރުނަރާ ވެސް ޕުޓިން ވާހަކަ ދެއްކެވި ކަމަށް ކްރެމްލިނުން މަޢުލޫމާތު ދެއެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔުކްރެއިނާއި ރަޝިޔާއިން ޞުލްޙަ ނުވާނަމަ ޞުލްޙަ ޤާއިމު ކުރުމަށް ކުރާ މަސައްކަތްތަކުން އެމެރިކާ ވަކިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ ޙާލަތުގައި އެމެރިކާއިން ޔުކްރެއިނަށް ދެމުންދާ އަސްކަރީ އެހީތެރިކަން ދިނުން ހުއްޓާލުން ވެސް އެކަށީގެންވެއެވެ. ޞުލްޙައިގެ ވާހަކަތައް ބޭއްވުމާ ގުޅޭ ގޮތުން ވާހަކަ ދެކެވެމުންދާއިރު ހަނގުރާމަ ދަނީ މެދުކެނޑުމެއް ނެތި ކުރިއަށެވެ. ރަޝިޔާއާއި ޔުކްރެއިނުން ވެސް ވަރުގަދަ ޑްރޯން ޙަމަލާތައް ދެމުންދާއިރު ރަޝިޔާގެ ސިފައިން ވެސް ދަނީ ޔުކްރެއިންގެ އިރުމަތީ ސަރަޙައްދުތަކަށް ވެރިވެގަންނަމުންނެވެ.
ތުރުކީވިލާތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް މަޝްވަރާތަކުގައި ޔުކްރެއިނުން ބައިވެރިވާނެ ކަމުގެ ޔަޤީންކަން މިހާތަނަށް ދީފައެއް ނުވެއެވެ. ޔުކްރެއިނުން ބުނަމުން ދަނީ މަޝްވަރާގައި ބައިވެރިވުމުގެ ކުރިން ރަޝިޔާގެ ހުށަހެޅުންތައް ބަލަން ބޭނުންވާ ކަމަށެވެ. މި ދަނޑިވަޅުގައި ރަޝިޔާއާ ދެކޮޅަށް އެެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު ވެސް ވަނީ ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
