
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސިންގަޕޫރުގައި ބާއްވާ ޝަންގްރިއްލާ ޑައިލޮގްގެ ސަލާމަތީ ބައްދަލުވުމުގައި އާންމު ގޮތެއްގައި އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން ފެނުނު ނަމަވެސް މި ހަފްތާ ބަންދުގައި ބޭއްވި ބައްދަލުވުމުން ހާމަވީ، އޭޝިޔާ އާ ގުޅުވައި، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ މެދުގައި އިތުރުވަމުން އަންނަ ނުތަނަވަސްކަމެވެ. ޗައިނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އިންޒާރު ދެއްވި ނަމަވެސް، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ، ހުޅަނގުގެ ޤައުމުތަކުގެ އިއްތިހާދުން އަސްކަރީ ބަޖެޓް އިތުރުކުރާއިރު، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އެމެރިކާއިން ބޭނުންވާ ކަމަށް ހާމަކުރައްވައިފައެވެ.
އެމެރިކާއިން ބޭނުންވަނީ ޔޫރަޕްގެ އިންވެސްޓްމަންޓްގެ ބޮޑު ޙިއްސާއެއް އެ ބައްރުގައި އޮތުމަށް ކަމަށާއި، އިންޑޯ-ޕެސިފިކްގެ ބައިވެރިއެއްގެ ގޮތުން، އެމެރިކާއަށް އެ ސަރަޙައްދުގެ ޤައުމުތަކަށް އެހީތެރވެދިނުމުގައި ދެމިއޮވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމަށް، ޗައިނާއިން ދަށް ފަންތީގެ ވަފްދެއް ފޮނުވިކަން ފާހަގަކުރައްވައި، އެކަމާމެދު ވެސް ހެގްސެތު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. މި ބައްދަލުވުމުގައި އިންޑިއާ އާއި ޕާކިސްތާނުގެ ފަރާތުން ބައިވެރިވި ދިފާޢީ އިސް އޮފިޝަލުންގެ ފަރާތުން، މަސްރަޙް އަދިވެސް ފިނިނުވާކަން ހާމަވެގެންދިޔައެވެ. މިއީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު، އިންޑިއާ އާއި ޕާކިސްތާނުން ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރިފަހުން، އެ ދެ ޤައުމުގެ އަސްކަރީ އިސް އޮފިޝަލުން އެއް މަންސައަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް، އޭޝިޔާ އާ ގުޅުވައި، އެމެރިކާއިން ދިން ނުސީދާ އިންޒާރަށް ވިލާތުގެ އިއްތިހާދުން ނުގުޑާނެކަމުގެ އިޝާރާތެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޚާރިޖީ ވަޒީރު ކާޖާ ކަލާސް ވަނީ ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރީގެ ގުޅުންތަކަށް އެކަނި ބެލިނަމަވެސް، ޔޫރަޕުގެ އިތުރުން ޕެސިފިކް ސަރަޙައްދުގައި ވެސް އީޔޫގެ މަސްލަޙަތު ބޮޑެވެ. އަދި ޗައިނާއަކީ ނުރައްކަލެއް ކަމަށް އެމެރިކާއިން ޤަބޫލުކުރާނަމަ، ރަޝިޔާގެ ނުރައްކާވެސް އެއްހަމައެއްގައި ދަރަޖަ ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެޚްރޮން، މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ޕެސިފިކް ސަރަޙައްދުގައި ފަރަންސޭސިވިލާތުގެ މަސްލަޙަތު ބޮޑުއިރު، އެމެރިކާއަށް ވެސް އަދި ޗައިނާއަށް ވެސް ބަރޯސާވާން ބޭނުމެއްނުވެއެވެ. އަދި ޕެސިފިކްގައި ފަރަންސޭސިވިލާތުގެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެމެރިކާ އާއި ޗައިނާއާ ދެމެދު ޚިޔާރުކުރުމުގެ ބަދަލުގައި “ތިންވަނަ މަގެއް” ހޯދައި، ސީދާ އޭޝިޔާއާއެކު ގުޅުންތައް ވަރުގަދަކުރުމުގެ ވިސްނުމެއްގެ އިޝާރާތެއް އޭނާ ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
