
(ފޮޓޯ ކްރެޑިޓްްސް: ރޮއިޓާރސް)
ސޫރިޔާގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމުގައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ހުށަހަޅާފައިވާ ކަން ހާމަކޮށްފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ ސޫރިޔާގެ ޚާރިޖީ ވަޒީރު ޢާޛާދު ޙަސަން އަލް-ޝަޔިބާނީއާ ދިމިޝްޤުގައި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ޤާއިމު ކޮށްފައިވާ ސަރުކާރަކުންނެވެ. ސޫރިޔާގެ އިންތިޙާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ އެޗްޓީއެސުން ކުރި ބަޣާވާތަކުންނެވެ. އެއީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުން ދިމިޝްޤަށް އަރައިގަތުމުން އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ. އެއާ އެކު، ސުރިޔާގައި 14 އަހަރަށް ދެމިގެން ދިޔަ އަހުލީހަނގުރާމައަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ.
އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ސޫރިޔާގައި ވެރިކަން ކުރަމުންދާ އެޗްޓީއެސްގެ ސަރުކާރަށް އެންމެ ބޮޑަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ގަލްފުގެ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރު ހިމެނެއެވެ. ސޫރިޔާގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ޤައުމަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަން ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން އިޢުލާނު ކޮށްފައިވީ ނަމަވެސް އެ ކަމުގެ ތަފުސީލުތައް ހާމަކޮށްފައެއް ނެތެވެ.
ޤަޠަރުން މަހަކު 29 މިލިޔަން ޑޮލަރު ދެނީ
ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ފޯރުކޮށްދޭނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ވެސް ސާފެއް ނޫނެވެ. ނަމަވެސް، މަހެއްގެ މައްޗަށް 29 މިލިޔަން އެމެރިކާ ޑޮލަރު ސޫރިޔާގެ ސަރުކާރަށް ފޯރުކޮށްދިނުމަށް ޤަޠަރުގެ ސަރުކާރުން ނިންމާފައިވާ ކަން އެޗްޓީއެސް ސަރުކާރުގެ މާލީ ވަޒީރު މުޙައްމަދު ޔުސްރީ ބަރްނިއްޔާ ހުސްވި މޭ މަހު އިޢުލާނު ކޮށްފައިވެއެވެ. އެ ފައިސާ ފޯރުކޮށްދިނުމަށް ޤަޠަރުން ނިންމާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
ސޫރިޔާގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ޤައުމަށް ފޯރުކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ނިންމާފައިވާ ކަން އިޢުލާނު ކުރުމުންް އެމެރިކާއިން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލާފައެވެ. މީގެ އިތުރުން، ވިލާތުގެ އިއްތިޙާދު (އީޔޫ)ން ވެސް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރުމަށް ނިންމާފައެވެ.
އެޗްޓީއެސްގެ ސަރުކާރަށް ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމުގެ އަނެއް ހެއްކަކީ، ވަރލްޑް ބޭންކުގައި އޮތް ސޫރިޔާގެ ދަރަނި އެ ދެ ޤައުމުން ގުޅިގެން ދައްކައި، ޚަލާޞް ކޮށްދިނުމެވެ. ސޫރިޔާގެ ސަރުކާރުން ވަރލްޑް ބޭންކަށް ދައްކަން ޖެހޭ 15 މިލިޔަން އެމެރިކާ ޑޮލަރު ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ޚަލާޞް ކޮށްދީފައި ވަނީ ހުސްވި މޭ މަހުގެ މެދުތެރޭގައެވެ.
ވަރލްޑް ބޭންކުން ބިޔަ މަޝްރޫޢެއް ހިންގަން ތައްޔާރު ވަނީ
އަސަދުގެ ވެރިކަން ވައްޓައިލުމަށް ފަހު ސޫރިޔާގައި ޤާއިމު ކޮށްފައިވާ އެޗްޓީއެސްގެ ސަރުކާރުގެ ރަައީސްގެ މަޤާމު ފުރަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. ސޫރިޔާގެ އަހުލީހަނގުރާމައާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމު އެކަހެރި ކޮށްފައިވާއިރު، އެ ގުޅުންތައް އަލުން އިޔާދަ ކުރުމަށް ޝަރާޢު ދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި ގަލްފާއި ހުޅަނގުގެ ބާރުތަކާ އެކު ގުޅުން ބަދަހި ކުރުމަށް އޭނާ ކުރަމުންދާ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ.
އޭނާގެ ސަރުކާރުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ސޫރިޔާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށެވެ. އެ ދާއިރާއިން އޭނާގެ ސަރުކާރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއް ކަމަކީ، އެމެރިކާއާއި އީޔޫން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ބާޠިލުކޮށް، ދުނިޔޭގެ އިޤުތިޞާދުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުމެވެ. އަދި، ވަރލްޑް ބޭންކުގެ ދަރަނި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރުން ދައްކައިދިނުމުން އެ ބޭންކުން ވަނީ ސޫރިޔާގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އަލުން ބައިވެރިވުމަށް ނިންމައި، މަސައްކަތް ފަށާފައެވެ.
މި ގޮތުން، 14 އަހަރަށް ފަހު ސޫރިޔާގައި ބިޔަ މަޝްރޫޢެއް ފެށުމަށް ނިންމާފައިވާ ކަން ވަރލްޑް ބޭންކުން ވަނީ އިޢުލާނު ކޮށްފައެވެ. އަދި އެ މަޝްރޫޢު ފެށުމަށް ބޭނުންވާ ތައްޔާރީތައް ކުރަން ފަށާފައެވެ. އެ މަޝްރޫޢުގެ އަމާޒަކީ ސުންނާފަތިވެފައިވާ ކަރަންޓުގެ ޚިދުމަތް ދިނުމުގެ ވިއުގަ އަލުން އިޔާދަކޮށް، ކަރަންޓުގެ ޚިދުމަތް ޤާއިމު ކޮށްދިނުމެވެ. ވަރލްޑް ބޭންކުން ޤަބޫލު ކުރާ ގޮތުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކޮށްދިނުމަކީ ޒަރޫރީ ޚިދުމަތްތައް ކަމުގައި ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ޤާއިމު ކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
