
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮތް ގޮތުން ފުޓްބޯޅައިގައި ކުރިއަށްދެވެނީ ސަރުކާރުން އެހީތެރިވަމުން އަންނާތީ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުނެފިއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ “ކުޅިވަރު ވިންދު” ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝިބާއު ބުނީ ހުރިހާ ފަރަތާތްތަކުން ފުޓްބޯޅަ ކުރިއަރުވަން ކުރަމުންދާ މަސައްކަތަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. ފުޓްބޯޅައިގެ ތެރެއިން ރަނގަޅު މާހައުލެއް ހޯދައިދިނުމަށް އެފްއޭއެމްގެ މެނޭޖުމެންޓާއި، ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ޝިބާއު ބުންޏެވެ. ސިންގަޕޫރާ ދެކޮޅަށް ކުޅެން ހަމަޖެހިފަވާ އެކުވެރިކަމު މެޗަކީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމަށް ލިބިގެންދާނެ މުހިއްމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރަމުން ޝިބާއު ބުނީ އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ޓެސްޓުކުރުމަކީ މިމެޗުގެ މުހިންމުކަން ބޮޑުވާ ސަބަބެއް ކަމަށެވެ.
“އިންތިޒާމުތަކަށް ބަލާއިރު އަޅުގަނޑުމެން މިދަނީ ފަހަތުގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން، އެއީ ސަރަކުރާގެ ކަމާބެހޭ ދާއިރާ އާއި، ސިންގަޕޫރު ފުޓްބޯޅަ ފެޑެރޭޝަނާއި، އޮސްޓްރޭލިޔާގެ ފެޑެރޭޝަނާ ގުޅިގެން މަސައްކަތް ކުރަމުން.” ޝިބާއު ބުންޏެވެ. ރާއްޖެއިން ކުޅެން ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމަށް ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެއްޖެ ކަމަށާއި، ތައްޔާރުވުމުގެ ބޮޑުބައި ކުރިއަށްދާނީ ރާއްޖޭގައި ކަމަށް ޝިބާއު ވަނީ ބުނެފައެވެ. އޭނާ ބުނީ މިވަގަތު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެންމެންނަށްވެސް އެނގޭ ކަމަށާއި، ފުޓްބޯޅަ ނަގާ ކޮޅަށްޖަހައި އެހެން ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. “ޚާއްސަކޮށް ވެސް ސްޕޯޓްސް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އެނގިވަޑައިގަންނަވާނެ ގައުމީ ކޮންމެ ޓީމެއް މިހެން ދަތުރު ކުރާއިރުގައި ޓިކެޓަށް ކުރާ ހަރަދަކީ ވަރަށް ބޮޑު އެއްޗެއް.” ޝިބާއު ބުންޏެވެ.
ޝިބާއު ބުނީ ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ޓީމުތަކަށްވެސް ސަރަކާރުން ބޮޑު ހޭދައެއްކުރާ ކަމަށެވެ. ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ މި މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 10 ގައި އޮސްޓްރޭލިއާގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
