
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ގައުމީ ފުޓްބޯޅަ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމު އިތުރަށް ވަރުގަދަވެއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގައުމީ ޓީމުގެ ސްކޮޑު ބަދަލުތަކަކާއެކު މިދިޔަ ހުކުރު ދުވަހު އިއުލާންކުރުމާ ގުޅިގެން “ޕީއެސްއެމް ނިއުސް” އިން ކުރި ސުވާލަކަށް ޖަވާބުދެމުން އައިސަމް ބުނީ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމު އިތުރަށް ވަރުގަދަވެއްޖެ ކަމަށެވެ. މިކުޅުންތެރިންގެ ސަބަބުން ޓީމުގެ ފަހަތާއި، މެދާ އަދި ކުރިވެސް ވަރުގަދަވާނެކަމަށް އައިސަމް ފާހަގަކުރިއެވެ.
“އިތުރަށް ޓީމު ވަރުގަދަވީދޯ. އެންމެ ފަހުން މި ނިންމާލި މުބާރާތުން ރަނގަޅު ކުޅުމެއްދެއްކި ކުޅުންތެރިން އެއީ. އެމީހުން ގައުމީ ޓީމަށް ޖޮއިންވީމަ، ދެން އިތުރަށް ވަރުގަދަވީމި. ފަހަތަށާ، މެދަށާ، ކުރިއަށާ އިތުރު ވަރުގަދަކަމެއް މިލިބުނީ” އައިސަމް ބުންޏެވެ. ޓީމުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން އައިސަމް ބުނީ ގަވާއިދުން ކުޅެވޭ ނަމަ ކުޅުންތެރިންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށެވެ. ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރަމުން އޭނާ ބުނީ ގިނަ މުބާރާތްތަކާއި، ލީގުތަކުގައި ވާދަކޮށްލަން ފުރުސަތު ލިބޭނަމަ ޓީމުގެ ކުޅުން އެތައް ގުނައެއް މައްޗަށް ޖެހޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ޓީމުގެ ތައްޔާރީތައް ހަމަ ވަރަށް ރަނގަޅަށް ކުރިއަށްދަނީ. ރަނގަޅަށް މުބާރާތްތަކާ އެއްޗެހި ކުޅެލާފަ އައިސް ރަނގަޅު ޓްރެއިނިންއެއް ޖަހާލާފަ އައިސް ރަނގަޅުވާނެކަމަށް މިބަލަނީ. އަސްލު ގަވާއިދުން ކުޅޭނަމަ އެންމެންނަށްވެސް ރަނގަޅުވާނެ. އެއީ މިސާލަކަށް އެއްވެސްކަމެއް ނުކޮށް، ޕްރެކްޓިސްކޮށްލާފަ ދިއުމަކުން އަދި އެންމެ ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ” އައިސަމް ބުނެފަވެއެވެ. ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުގެގޮތުން ވާދަކުރަން ލިބޭ މެޗުތައް މަދުވުމާ، ޕްރެކްޓިސްތައްވެސް ކުރެވޭވަރު މަދުވުމަކީ މިކުޅިވަރުގައި ޝާމިލުވަމުންދާ ހުރިހާ ފަރާތްތަކެއްގެވެސް ކަންބޮޑުވުމެކެވެ. “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން އައިސަމްވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފަވާއިރު، އޭނާބުނީ ފަރިތަކުރުންތަކެއްނެތި މެޗަށް އަރަންވުމުން ކުރާ ޕްރެކްޓިސްތަކަކުން ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ މުބާރާތްތައް އިތުރުކުރަންޖެހޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
“މުބާރާތްތަކާ ލީގުތަކާ އެއްޗެހި ކުޅެލާފަ އަންނަނަމަ ވަރަށް ރަނގަޅުވާނެ” ނިމިދިޔަ އެފްއޭއެމް ލީގު ކަޕް މާޒިޔާއަށް ހޯދަދިނުމުގައި ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުންޏެވެ. ގައުމީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މުހިންމެ ދެ މެޗަކަށެވެ. ފުރަތަމަ މެޗަކީ ސިންގަޕޫރާ ވާދަކުރާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެކެވެ. މިމެޗު މިމަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރުގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، މިމެޗަށް ގައުމީ ޓީމުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. އެ މެޗަށްފަހު ގައުމީ ޓީމުން ދެން ފުރާނީ އޮސްޓްރޭލިއާއަށް ދިއުމަށެވެ. އެއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗުގެ ކުޅުން ތާވަލުކޮށްފަވަނީ މިމަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
