
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ފުޓްބޯޅައިގެ އެކި އުމުރުފުރާތަކުގައި ގޯލްކީޕަރުންނަށް ދެވޭ ސަމާލުކަން ތަންކޮޅެއް ކުޑަ ކަމަށާއި، ކީޕަރު ޑިޕާޓްމަންޓަކީ ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓެއް ކަމަށް ކާމިޔާބު ގޯލްކީޕަރު އަދި ގައުމީ ޓީމުގެ ޓްރޭނަރު އިމްރާން މުޙައްމަދު (އިންމަ) ބުނެފިއެވެ. ޤައުމީ ޓީމުން ކުރިޔަށް އޮތް ބައިނަލްއަގްވާމީ މެޗުތަކަށް ތައްޔާރުވުމަށް ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި އިންމަ ބުނީ ގޯލްކީޕަރު ޑިޕާޓްމެންޓަކީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރިޔަށް ގެންދަންޖެހޭ ޑިޕާޓްމެންޓެއް ކަމަށެވެ. އެހެން ނޫންނަމަ ޤައުމީ ލެވެލަށް އަންނައިރު ރަނގަޅު ކީޕަރުން ހޯދަން އުނދަގޫވާނެ ކަމަށެވެ. ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި 19 އަހަރުން ދަށުގެ ޓީމުގެ ކީޕަރުގެ ފެންވަރު ފާހަގަކޮށް އިންމަ ބުނީ އޭނާގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނުން އިރު އެއީ އެކަޑަމީ ލެވެލްގައި ތަމްރީނުވެގެން އައި ކީޕަރެއް ކަމަށެވެ.
“އަޅުގަޑުމެންނާއެކު އެކަޑަމީ ލެވެލްގައި މަސައްކަތް ކުރި ކީޕަރެއް އެއީ. އެ ކީޕަރުގެ ފަރާތުންވެސް ހަމަ ރަނގަޅު ސޭވްތައް ފެނިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް. އެކަމަކު އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކީޕަރަށް ކުޅޭ ކުޅުންތެރިން މަދުކަން. ވަރަށް ގިނަ ކުދިން ތިބެގެން ރަނގަޅު ކީޕަރެއް ނެރެވޭނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރަންޖެހޭ ޑިޕާޓްމެންޓެއް ގޯލް ކީޕަރ ޑިޕާޓްމެންޓަކީ” އިންމަ ބުންޏެވެ. އިންމަ ބުނީ ޔޫތު ޑިވެލޮޕްމަންޓު ލެވެލުގައި ވަރަށް ބޮޑަށް ކީޕަރުންނަށް ވިސްނަންޖެހޭ ކަމަށާއި އެހެން ނޫންނަމަ މިހާރު ތިބި ސީނިއާ ކީޕަރުން ރިޓަޔާރ ކުރާ ހިސާބަށް ދާއިރު ރަނގަޅު ކީޕަރުންތަކެއް އުފެއްދުން އެއީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. “ނޭޝަނަލް ލެވެލްއަށް އަންނައިރު ކީޕަރުން ތިބެން ޖެހޭނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށް އަޅުގަނޑު ދެކެނީ. ޤައުމީ ޓީމުގައި މިހާރު ތިބި ކީޕަރުންނާމެދުގައި ސުވާލެއް ނުއުފައްދަން. އެ ތިން ކީޕަރުންވެސް އެތިބީ ރަނގަޅު ހިސާބެއްގައި” އިންމަ ބުންޏެވެ.
މިހާރު ޤައުމީ ޓީމުގައި ތިބި ކީޕަރުންނަށް ތަމްރީނު ދެމުން އަންނަ އިންމަ ބުނީ މި ކީޕަރުންނަކީ ދާދި ފަހުން މުބާރާތެއް ކުޅެފަ ތިބި ކީޕަރުންނަށްވުމަކީ ކުރިއަށް އޮތް ބައިނަލްއަގްވާމީ ދެމެޗަށް ދާއިރު ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. “ތިން ކީޕަރުންވެސް ތިބީ ވަރަށް ރަނގަޅު ހިސާބެއްގަ. މާޒިޔާ ދެ ކީޕަރުންވެސް ޔާމީނުވެސް ޔުނިވަސީޓީ މުބާރާތް ނަމަވެސް އެބަދޭ ކުޅެމުން. އަނެއްހެން ބަލާއިރު ވަރަށް ރަނގަޅަށް ދަނީ ކުޅުންވެސް” އިންމަ ބުންޏެވެ. އިންމައަކީ 2008 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ގެނެސްދިން ޤައުމީ ޓީމުގެ ކީޕަރެވެ. ތަޖްރިބާކާރު ކީޕަރު އިންމަ މިހާރުވެސް އަންނަނީ އެކަޑަމީ ލެވެލް އާއި ސީނިއާ ލެވެލްގައި މޮޅެތި ކީޕަރުން އުފެއްދުމަށް އޭނާގެ ތަޖްރިބާ އާއި ޓެކްނިކަލް މައުލޫމާތުގެ އަލީގެ އެކި ލެވެލްގެ ކީޕަރުން ތަމްރީނުދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
