
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިމިގެންދިޔަ އެފްއޭއެމް ލީގު ކަޕް 2025 ގައި ވާދަކުރި ހުރިހާ ކުލަބަކުންވެސް ލިބުނީ ޕޮޒިޓިވް ފީޑްބެކް ތަކެއް ކަމަށާއި، އެހެންނަމަވެސް އެފްއޭއެމް ނޯމަލައިޒިންގެ ތެރޭގައި އޮތުމާއެކު އުނދަގޫތަކެއް ހުރި ކަމަށް ހެޑް އޮފް ކޮމްޕެޓިޝަންސް މުޙައްމަދު ސައްޖަހް (ސައްޖަ) ބުނެފިއެވެ. ލީގު ކަޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސައްޖަ ބުނީ ފުޓްބޯޅަ ނުކުޅެ ދިނަ ދުވަސްތަކެއް ވީފަހުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއެކު ގަލޮޅު ދަނޑުގައި މުބާރާތެއް ނިންމާލެވުމަކީ ފުޓްބޯޅައިގެ މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
“ކުލަބުތަކުގެ ފީޑްބެކް ހުރީ ވަރަށް ރަނގަޅަށް މިހާ ކުޑަދުވަސްކޮޅެއްގައި ފްރެކްޓިސް ކޮށްގެން ހުރިހާ ކުލަބަކުންވެސް ރަނގަޅު ކުޅުމެއް ދެއްކި. ވަރަށް ބޮޑު ކުރިއެރުމެއް މި ދެން ހިތްހަމަޖެހުމެއް އަލުން ބޯޅަ އެނބުރޭގޮތް ވުމަކީ” ސައްޖަ ބުންޏެވެ. އޭނާ ބުނީ ކުޅިވަރު ވުޒާރާއާއި އެފްއޭމުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި މުބާރާތުން ޒުވާން ކުޅުންތެރިންނަށްވެސް ފުރުސަތުތަކެއް ލިބިއްޖެ ކަމަށެވެ. އެގޮތުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންވެސް މި މުބާރާތުގައި ކުޅުނުކަން ފާހަގަކޮށް ސައްޖަ ބުނީ އެ ކުޅުންތެރިންނަށްވެސް ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ކުލަބުތަކުގެ ހިތްވަރާއި ކުޑަ ދުވަސްކޮޅެއްގެ ފަރިތަކުރުންތަކަށްފަހު ލީގުކަޕުގައި ދެއްކި ކުޅުމާއި ގުޅޭގޮތުން ސައްޖަ ބުނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބަކާއި ބަލާފަ އޮޑި ސްޕޯޓްސްގެ ހިތްވަރުވެސް ފާހަގަކޮށްލެވޭ ކަމަށެވެ. އަދި މަހިބަދޫއިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި ވާދަކޮށް ދެއްކި ހިތްވަރަށް ސާބަސްދޭ ކަމަށާއި، މާޒިޔާއިން ވަރަށް ގިނަ ދުވަހު ފްރެކްޓިސް ކުރުމަށްފަހު މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބި މުބާރާތް ކާމިޔާބުކުރުމަކީވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ. އެފްއޭއެމް ލީގު ކަޕަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެން ދިއުމާއެކު ކުލަބުތަކަށް ލިބެމުންދިޔަ ގެއްލުންތަކަށް އަދި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމާއި، ފީފާގެ އެހީތެރިކަމާއެކު އެފްއޭއެމުން އިންތިޒާމު ކުރި މުބާރާތެކެވެ.
ބައެއް ކުލަބުތަކުގައި ފައިސާގެ ދަތިކަން ހުރިކަމަށްބުނެ މުބާރާތުގައި ބައިވެރިނުވި ނަމަވެސް އެމްއޭއެމުން މިމުބާރާތް ކުރިޔަށް ގެންދިޔައީ ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުސަތު ކުލަބުތަކަށް ހޯދައިދިނުމުގެ ބޭނުމުގައެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓް މަހަށް ފަސްކުރީ ފީފާ އާއި އޭއެފްސީގެ އިރުޝާދުގެ ދަށުންނެވެ. ފުޓްބޯޅަ ސީޒަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ވަނީ ކޮންމެ ކުލަބަކަށް އެއްލައްކަ ރުފިޔާ ހަމަޖައްސަދީފައެވެ. ރާއްޖޭގެ ކުލަބުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދީ ގިނަ ދުވަސްވާ މައްސަލަތަކެވެ.
މިކަންކަން ހައްލުކުރުމަށް ކުލަބުތަކާއި އެކު ކުޅިވަރު ވުޒާރާއިންވެސް މަޝްވަރާ ކޮށްފައިވާއިރު، އަލަށް އަމަލު ކުރަން ފަށާފައިވާ ކުޅިވަރު ޤާނޫނުގެ ދަށުން މިފަދަ ކަންކަން ހައްލުކުރުމަށް ހާއްސަ ސްޕޯޓްސް އާބިޓްރޭޝަނެއް ގާއިމު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
