
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުރީހާ ފޯކަހެއް އޮތީ ޓިމޯ ލެސްޓޭ މެޗަށް ކަމަށާއި، އެ މެޗުން ނަތިޖާއެއް ހޯދަން އިތުބާރު ގާއިމުކުރަން ސިންގަޕޫރު މެޗު ކާމިޔާބުކުރަން ޖެހޭ ކަމަށް ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ ޖޫން މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން މަހުގެ 10 ގައި އޮސްޓްރޭލިއާގައެވެ.
މި ދެ މެޗާ ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އިން ގެނެސްދިން “ކުޅިވަރު ވިންދު” ގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ސިންގަޕޫރު މެޗު ބޭނުން ހިފާނީ ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުމަށް ކަމަށެވެ. އަލަށް ގައުމީ ޓީމާ ގުޅުނު ކުޅުންތެރިންނާއި ކުރިން ތިބި ކުޅުންތެރިންނާ އެކު އެންމެ ފަހުން ކުޅުނު ލީގު ކަޕުގެ ސަބަބުން ހުރިހާ ކުޅުންތެރިންގެ ވެސް ފިޓްނަސް ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް ސުޒެއިން ބުންޏެވެ. “ދެން އަނެއްކާވެސް އަޅުގަނޑަށް މިއޮތީ ޖާދުލެއް ހަދަން ޖެހިފަ ބަރާބަރު ތިން ޕްރެކްޓިސް އަށް ފަހު ދެ މެޗު ކުޅެން ޖިހަފަ މިއޮތީ” ސުޒެއިން ބުންޏެވެ.
ސުޒެއިން ބުނީ މަދު ފަރިތަކުރުންތަކަކަށް ފަހު މެޗާ ކުރި މަތިލާން ޖެހުނު ކަމުގައި ވިޔަސް އެއްވެސް ހާސްކަމެއް ނެތް ކަމަށާއި ކުޅުންތެރިން ޤައުމީ ޓީމާ ގުޅުނީ ވަރަށް ރަނގަޅު ތަމްރީން ތަކަކަށް ފަހު ކަމަށެވެ. އެހެން ކަމުން މެޗަށް ތައްޔާރުވާން ކުރިއަށްގެންދާ ފަރިތަކުރުންތައް ރަނގަޅަށް ގޮސްފިކަމަށް ވާނަމަ އެއީ އޭނާއަށް ލިބިގެންދާނެ ލުޔެއް ކަމަށެވެ. ޓިމޯ ލެސްޓޭގެ މެޗު އޮސްޓްރޭލިޔާގެ ޑާވިންގައި ކުޅޭއިރު އެއީ ރާއްޖެއާ މޫސުމާ އެއްގޮތް ތަނެއް ކަމަށާއި އެހެން ނޫނަސް ދިވެހި ޓީމުން މިހާރު މެޗުތަކަށް ތައްޔާރުވާއުރު މޫސުމުގެ ވާހަކަ އެއީ ދައްކަން ބޭނުންވާ ވާހަކައެއް ނޫން ކަމަށް ވެސް ސުޒެއިން ފާހަގަކުރިއެވެ.
“ކޮންމެ ގޮތެއް ވިޔަސް އޮތް މާހައުލެއްގަ އޮތް ގޮތަކަށް ކުޅެން ތައްޔާރުވާން ޖެހޭނީ، އެހެންވީމަ އެގޮތައް ބަލާއިރު ޑާވިންގެ މޫސުން ހޫނުމިން ރާއްޖެއާ އެއްގޮތަކަށް ކަމަށް މި ބަލަނީ އޮންނާނީ.” ސުޒެއިން ބުންޏެވެ. ސުޒެއިން އިތުރަށް ބުނީ ޓީމަށް ނަގަން ބޭނުންވި ކުޅުންތެރިންގެ ތެރެއިން ޓީސީގެ އަހުމަދު މާއިޝް ރަޝީދު މާއީއަށް ޖާގަ ނުދެވުނީ އަނިޔާގެ ސަބަބުން ކަމަށާއި، މާއީ އަކީ ނިމުނު އެފްއޭއެމް ލީގު ކަޕުގައި އެންމެ މަސައްކަތު ރޭޓް މަތީގައި ހުރި ކުޅުންތެރިންގެ ތެރޭގަ ހިމެނޭ ކުޅުންތެރިއެއް ކަމަށެެވެ. މީގެއިތުރުން މި ފަހަރު ޓީމުގައި އަމިއްލަ ސަބަބުތަކާހުރެ ޓީމުގައި ބައިވެރިނުވާ ދެ ކުޅުންތެރިޔަކުވެސް ހިމެނޭ ކަމަށެވެ.
އެފްއޭއެމް ލީގުކަޕުން މި ދެމެޗަށް ބޭނުންވާ ޓީމު ލިބުނު ކަން ސުޒެއިންގެ ވާހަކައިގައި ވަނީ ފާހަގަކޮއްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
