
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ފުޓްބޯޅަ ޓީމުން ބުރާސްފަތި ދުވަހު ސިންގަޕޫރާއެކު ކުޅޭ މެޗަކީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަންގެ ދައުވަތަކަށް ރާއްޖެއިން ކުޅޭ މެޗެއް ކަމަށް ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުނެފިއެވެ. ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ މި މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން މަހުގެ 10 ގައި އޮސްޓްރޭލިއާގައެވެ. މި ދެ މެޗާ ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އިން ގެނެސްދިން “ކުޅިވަރު ވިންދު” ގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝިބާއު ބުނީ ފީފާގެ ތާރީޚުގެ މިމެޗު ކުޅެން އެންމެ ބޭނުންވީ ވަގުތާއި ހާލަތުގެ ގޮތުން މިއީ އެންމެ ފައިދާ ބޮޑު ގޮތްކަމަށް ފެންނާތީކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ މެޗުގެ ކުރިން މިމެޗު ހަމަޖެއްސުމަށް ދުރާލާ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރިކަމަށް ޝިބާއު ވަނީ ބުނެފައެވެ. “އިންޓަނޭޝަނަލް ވިންޑޯ އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރުމައްޓަކައި މިމެޗު ރާވާފަ މިއޮތީ” ޝިބާއު ބުންޏެވެ. މި މެޗަށް ގައުމީ ޓީމުން ރާއްޖެއިން ފުރުމަށް ހަމެޖިހަވަނީ އަންގާރަ ދުވަހު މެންދުރުއެވެ. ޝިބާއު ބުނީ ގައުމީ ޓީމުން ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު އޮސްޓްރޭލިއާއަށް ފުރުމަށް ހަމަޖެހިފަވަނީ ހުކުރު ދުވަހު ކަމަށެވެ. މިމަހު 10 ވަނަ ދުވަހު، ރާއްޖެއާ ދެކޮޅަށް ޓިމޯ ލެސްޓޭއިން ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ތާވަލުކުރެވޭތީ މަސައްކަތްކުރީ ތައިލެންޑުގައި ކުޅުމަށެވެ. އެކަމަކު އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭއިން ނިންމީއެވެ.
މިމެޗުގެ އިންތިޒާމުތައް ހަމަޖެހިގެން ދިޔައީ ދެހަފްތާގެ ތެރޭގެކަން ފާހަގަކުރަމުން ޝިބާއު ބުނީ މިހާ ބޮޑަށް ލަސްވެގެންދިޔައީ މެޗު ކުޅެން ހަމަޖެހިފަވާ އޮސްޓްރޭލިއާގެ ޑާވިންގެ ރަގްބީ ސްޓޭޑިއަމަކީ އޭއެފްސީގެ މިންގަނޑުތަކަށް ފެތޭ ދަނޑެއްތޯ ބެލުމަށް ކަމަށެވެ. އިންތިޒާމުތައް ފަހުން ހަމަޖެހުމުން ދަތިތަކެއް ދިމާވި ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދިޔާ ވިސާ ހޯދުމަށާއި ޓިކެޓް ހޯދުމަށް ކަމަށް ޝިބާއު ބުންޏެވެ. “އެނގިވަޑައިގަންނަވާނެ މާލެއިން އޮސްޓްރޭލިޔާ އަށް ފްލައި ކުރުމަކީ އެހާ ފައްސޭހަ ކަމެއް ނޫން، ކަނެކްޝަންސް މިހުންނަނީ ވަރަށް މަދުން، އެހެންވީމަ އަޅުގަނޑުމެން ޓްރެވަލް ކުރާނީ ސިންގަޕޫރު މަގުން، އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ޓިކެޓުގެ ކަންތަކުގައި އަޅުގަނޑުމެން މި މަޑުކުރަނީ، އިރާދަކުރެއްވިއްޔާ މިހާރު ޓިކެޓް ކަންތައް އެހުރީ ހަމަޖެހިފަ، ދެން މިހާރު އަޅުގަނޑުމެން މަޑު ކުރަނީ ވިސާ ހަމަޖެހިގެން ދާނެ ވަގުތަކަށް އެއަށްވެސް އެޕްލައި ކުރެވިފަވީ” ޝިބާއު ބުންޏެވެ.
ޝިބާއު ބުނީ ވަގުތު ކުޑަ ނަވެސް ޓީމު ފުރުމުގެ ކުރިން ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖެއިން އޮސްޓްރޭލިޔާގައި ކުޅޭ ފުރަތަމަ ބައިނަލްއަގުވާމީ މެޗެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
