
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ބައިނަލްއަގުވާމީ ދެ މެޗަށް ނެގި ސްކޮޑުގައި ހިމެނޭ އައު ކުޅުންތެރިންނަކީ މުޅި ޓީމަށްވެސް ލިބޭ ހިތްވަރެއް ކަމަށް ޓީމުގެ ކެޕްޓަން ސަމޫހު އަލީ ބުނެފިއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗާއި ގައުމީ ޓީމުގެ ކުރިޔަށް އޮތް ސިންގަޕޫރު މެޗަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު “ޕީއެސްއެމް ނިއުސް” އާ ވާހަކަ ދައްކަމުން ގައުމީ ކެޕްޓަން ބުނީ އައިހަމް އާއި އީނާޒް އަދި ހައިސަމަކީ ނިމިގެން ދިޔައީ އެފްއޭއެމް ލީގު ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންތަކެއް ކަމަށާއި، އެ ކުޅުންތެރިން ސްކޮޑާއި ގުޅުމުގެ ސަބަބުން މުޅި ޓީމަށްވެސް ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި ލީގު ކަޕްގެ ތަޖުރިބާއާއެކު ކުރިޔަށް އޮތް ބައިނަލްއަގްވާމީ ދެމެޗަށް އެ ކުޅުންތެރިންނާއެކު ދެވުމަކީ މުޅި ޓީމަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ސަމޫހު ބުނީ ކުރިޔަށްއޮތް އޭޝިއަން ކަޕް ކޮލިފައިން މެޗުގައި އުންމީދަކީ މޮޅުވުން ކަމަށާއި، އެމެޗަށް ވަމުންދާ ތައްޔާރީތަކާއިމެދު ހިތްހަމަޖެހޭކަމަށެވެ. “ޕްރެކްޓިސްތައް ދަނީ ވަރަށް ރަނގަޅަށް. ޓްރޭނިންތައް ދާ ގޮތާއިމެދު ހިތްހަމަޖެހޭ. އުންމީދަކީ މޮޅުވުން” ސަމޫހު ބުންޏެވެ. ގައުމީ ޓީމުގެ ކުރިޔަށް އޮތް ދެ މެޗަށް ނެގި ސްކޮޑުގައި އަލަށް ހިމަނާފައިވާ ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒް އާއި އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމް އަދި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ. ކުރީގެ ސްކޮޑުން އުނިކޮށްފައިވަނީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭ ކުޅެން ޖެހޭ މެޗުތަކުގެ ތެރޭގައި އެންމެ ފުރަތަމަ މެޗުގައި މާރޗް 25ގައި ރާއްޖެ ނިކުތީ ފިލިޕީންސް އާއި ދެކޮޅަށް އަވޭ މެޗަށެވެ. އެ މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިލިޕީންސްއެވެ. 10 ޖޫންގައި ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ރާއްޖެ ކުޅޭ އަވޭ މެޗަށްފަހު ދެން އޮންނާނީ 9 އޮކްޓޫބަރުގައި ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރާ މެޗެވެ. ރާއްޖެ އާއި ތަޖިކިސްތާނުގެ ހޯމް މެޗު އޮންނާނީ 14 އޮކްޓޫބަރުގައި މާލޭ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. ރާއްޖެ އާއި ފިލިޕީންސްގެ ހޯމް މެޗު އޮންނާނީ ނޮވެމްބަރު 18 ގައި ރާއްޖޭގައެވެ. އަދި އޭޝިއަންކަޕް ކޮލިފަިއންގެ ފަހު މެޗުގައި ރާއްޖެ އާއި އީސްޓް ޓިމޯ ކުޅެން ޖެހޭ ހޯމް މެޗު އޮންނާނީ މާޗު 31 ގައެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމުކުރާ އޭޝިއަން ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. 2023 ވަނަ އަހަރަށްފަހު މި މުބާރާތް ބާއްވަފައެއް ނުވެއެވެ. 2024 ވަނަ އަހަރު މުބާރާތް ހޯސްޓްކުރަން ހަމަޖެހުނީ ޗައިނާގައެވެ. އެހެންނަމަވެސް ޗައިނާގައި މުބާރާތް ބޭއްވޭގޮތް ނުވުމުން މިހާރު ވަނީ 2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި 7 ޖެނުއަރީން ފެށިގެން 5 ފެބުރުވަރީގެ ނިޔަލަށް މުބާރާތް ބާއްވަން ނިންމާފައެވެ. މި މުބާރާތުގައި އޭޝިއާގެ 24 ގައުމަކުން ވާދަކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
