
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިއަށް އޮތް ދެ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލިއިރު ޓީމަށް ނެގި ކުޅުންތެރިންނަށް ލިބިގެންދާނީ ހަމައެކަނި ޝަރަފެއް ނޫން ކަމަށާއި، އެއީ ހަވާލުވާ ބޮޑު ގައުމީ ޒިންމާއެއް ކަމަށް ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ ޖޫން މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން މަހުގެ 10 ގައި އޮސްޓްރޭލިއާގައެވެ. މި ދެ މެޗާ ގުޅޭގޮތުން “ޕީއެސްއެމް ނިއުސް” އިން ގެނެސްދިން “ކުޅިވަރު ވިންދު” ގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ކުޅުންތެރިން އެ ޒިންމާ އަދާކުރުމުން ލިބިގެންދާ އުފަލާއި ޝަރަފު ޚާއްސަވެގެންދާނެ ކަމަށެވެ.
ސުޒެއިން ބުނީ ގައުމީ ޓީމު އިއުލާންކުރުމާއެކު ޓީމަށް ކުޅުންތެރިން ހޮވިގަތާމެދު ފާޑުކިޔުން މަދުވެގެން ދިޔައީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެކަން ރަނގަޅަށް ކުރުމުން ކަމަށެވެ. އެހެން ނަމަވެސް ޓީމަށް ނެގި ބައެއް ކުޅުންތެރިންނަށް މިވަގުތު އާއިލީ ސަބަބަތަކާއި، އަނިޔާހުރެ ޓީމާ ގުޅޭގޮތް ނުވުމުން ބައެއް ބަދަލުތައް ގެންނަން ޖެހުނު ކަމަށެވެ. “އަޅުގަނޑުމެން މިދައްކަނީ ލީގު ކަޕުގައި ކުޅުނު ބައެއް ކުޅުންތެރިންގެ ވާހަކަ، ދެން ބައެއް ބޭފުޅުންގެ ސުވާލެއް، ލީގު ކަޕުގެ ނުކުޅޭ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނިފަ ހުރީ، އެއީ އެކުޅުންތެރިޔާ ގައުމީ ޓީމުގައި ހިމެނޭނެ ރަނގަޅު ރީޒަން ހުރީމަ ހިމެނިފަ އެވަނީ.” ސުޒެއިން ބުންޏެވެ. ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމުގައި އެންމެ ބޮޑަށް ބެލީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ މަގާމުތަކަށް ނިމިގެންދިޔަ ލީގު ކަޕުގައި އެ ފެންވަރު ދެއްކި ބައެއް ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
“މިސާލަކަށް ރިޒޭއަށް ލީގުކަޕުގަ ކުޅެލަން ނުލިބުން އެއީ ރިޒޭގެ މައްސަލައެއް ނޫން، ރިޒޭ އަކީ ގައުމީ ޓީމަށް ހުރިހާ އިރެއްގަވެސް އަރާނެ ކުޅުންތެރިޔެއްކަން ކުޅެން ލިބުނު ހުރިހާ ފުރުސަތެއްގެ ހުންނީ ސާބިތުކޮށްދީފައި.” ސުޒެއިން ބުންޏެވެ. މިފަހަރު އަލަށް ގައުމީ ޓީމާ ގުޅުނު ކުޅުންތެރިންނަށް މަރުހަބާ ކިޔަމުން ސުޒެއިން ބުނީ ކުޅުންތެރިންގެ ފަރާތުން އެނގުނު ގޮތުގައި މިއީ އެކުޅުންތެރިން އަބަދުމެ ދެކޭ ހުވެފަނެއް ކަމަށާއި، އެހެން ކަމުން ކުރިއަތް އޮތް ދުވަސްތަކުގައި އެ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތް ފެންނާނެ ކަމަށެވެ. ސުޒެއިން ބުނީ ގައުމީ ޓީމުގެ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި، ޓީމު ފުރާނީ މި ވަގުތު ތިބި އެންމެ ރަނގަޅު ކުޅުންތެރިންނާއެކު ކަމަށެވެ. ދާދިފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ލީގު ކަޕުގެ ސަބަބުން ގައުމީ ޓީމަށް ވަރަށް ބޮޑު ފައިދާއެއް ވެގެންދާނެ ކަމަށް ސުޒެއިން ވަނީ ބުނެފައެވެ. މިއީ މި ދަނޑިވަޅުގައި ސަރުކާރުން ފުޓްބޯޅައަށް ކޮށްދިން ވަރަށް މުހިންމު ކަމެއް ގޮތުގައި ސުޒެއިން ވަނީ ފާހަގަކޮށްފައެވެ.
“ހަގީގަތުގައި ކުޅުންތެރިންނަށް ވަރަށް ރަނގަޅު ފުރުސަތެއް މި ލިބުނީ، ފަސް މެޗު ކުޅެ، ގައުމީ ޓީމަށް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ، ފިޓްނަސްގެ ވާހަކަޔާއި، މިހުރިހާ ވާހަކަތަކެއް ދައްކާ އިރު އެންމެ މުހިންމު އެއްޗަކަށް ހުރިހާ ބޭފުޅުން ވެސް ފާހަގަކުރާ އެއްޗެއް މެޗު ފިޓްނަސް.” ސުޒެއިން ބުންޏެވެ. އެފްއޭއެމްއިން ކުރު މުބާރާތެއް ބޭއްވުމުގެ ސަބަބުން ކުޅުންތެރިންގެ މެޗު ފިޓްނަސްކަންތައް ހައްލުކުރެވި، އެކަމުގައި ކާމިޔާބު ހޯދިއްޖެ ކަމަށް ސުޒެއިން ވަނީ ބުނެފައެވެ. އަންނަ މަހު 10 ވަނަ ދުވަހު، ރާއްޖެއާ ދެކޮޅަށް ޓިމޯ ލެސްޓޭއިން ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ތާވަލުކުރެވޭތީ މަސައްކަތްކުރީ ތައިލެންޑުގައި ކުޅުމަށެވެ. އެކަމަކު އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭއިން ނިންމީއެވެ. ޓިމޯ ލެސްޓޭއިން ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗު އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
