
ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ޓީމަކަށް އަނެއްކާވެސް ރެއާލް މެޑްރިޑް ވެއްޖެއެވެ. ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި ރެއާލް މެޑްރިޑުން ވަނީ ފާއިތުވެދިޔަ އަހަރު 6.6 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ. އަދި ރެއާލް އަކީ ދުނިޔޭގެ ފުޓްބޯޅަ ކުލަބު ތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ކުލަބެވެ. ހުސްވި އަހަރުގެ ސީޒަނުގައި އެ ކުލަބުގެ އާމްދަނީ އަކީ 1.13 ބިލިއަން ޑޮލަރެވެ. ދަނޑުމަތީގެ ނަތީހޖާ ކިތަންމެ ދަށް ކޮށް އުޅުނު ނަމަވެސް މި ލިސްޓުން ދެ ވަނަ ލިބެނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. ހުސްވި އަހަރުގެ ސީޒަނުގައި ޔުނައިޓެޑުން ވަނީ 6.6 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ. އާމްދަނީ އަކީ 834 މިލިއަން ޑޮލަރެވެ. އިނގިރޭސި ލީގުގައި ހުސްވި އަހަރުގެ ސީޒަން އަށް ވަނާގައި އަދި ނިމުދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ 15 ވަނާގަ އެވެ.
ރެއާލްގެ އެންމެ ބޮޑު ވާދަވެރިޔާ ސްޕޭނުގެ ބާސެލޯނާ ހިމެނީ އެންމެ އަގުހުރި ކުލަބުތަކުގެ ލިސްޓުގެ ތިން ވަނާގަ އެވެ. މާލީ ދަތިތަކުގެ ތެރޭގައި އޮތް ނަމަވެސް ބާސެލޯނާ ވަނީ ހުސްވި އަހަރުގެ ސީޒަނުގައި 5.6 ބިލިއަން ޑޮލްރުގެ ވިޔަފާރިކޮށްފަ އެވެ. ލިސްޓުގެ ހަތަރަކާއި ފަހަކަށް އަންނަނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި ކުރީގެ ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ގަދަ 10ގައި ހިމެނޭ އިނގިރޭސި އެހެން ޓީމުތަކަކީ އާސެނަލް އާއި ޓޮޓެންހަމާއި ޗެލްސީ އެވެ. މީގެ އިތުރުން ދެން ހިމެނެނީ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ.
ފޯބްސްއިން ބުނީ ދުނިޔޭގެ އެންމެ ގަދަ 30 ކުލަބުން ހުސްވި އަހަރުގެ ސީޒަނުގައި 72 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައި ކަމަށެވެ. މިއީ އެވްރެޖްކޮށް ޓީމަކަށް 2.4 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ. އަދި މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 5 ޕަސެންޓް އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
