
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ގެދޮރު ނެތް، 18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ދޭ މަޝްރޫއެއް މިއަހަރު ހުޅުވާލާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މިަފަދައިން ވިދާޅުވީ “ޕީއެސްއެމް” ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ރައީސް ވިދާޅުވީ، 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުން، މީގެ ތެރެއިން މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާޅޭގައި ދިރިއުޅޭ ރައްޔިތުންނަށް “ފަސްޓް ހޯމް” ނުވަތަ އަމިއްލަ ގެދޮރަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. އޭގެ ތެރޭގައި ގޯތި ނޫނީ ފްލެޓް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މުޅިމާލެ ސަރަހައްދުން ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނޫނީ ފްލެޓް ކަށަވަރު ކޮށްދިނުމަށްޓަކައި ހުޅުވާލާނެ، ހުޅުވާލައި އެފަރާތްތައް ކުރިމަތިލައި އެ ފަރާތްތަކަށް ކަށަރުކުރުމުގެ ލިޔުން ދޭނަން މި އަހަރު ނިމުމުގެ ކުރިން އެއީ ޓާގެޓަކީ” ރައީސް ވިދާޅުވިައެވެ. މިއާއި އެކީ މިއަހަރު ނިމުމުގެ ކުރިން 18 އަހަރުން މަތީގެ އެއްވެސް ރަށްވެއްސަކު، އަމިއްލަ ވިއަސް އަދި އާއިލީ ގޮތުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ނުހުންނާނެ ކަމަށް ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު، އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި އެފަރާތްތަކަށް ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ރަސްމާލެ ވެސް ބިން ލިބިދާނެއެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެހެން ސަރުކާރަކުން ވިޔަސް ބަޔަކަށް ދީފައިވާ ގޯއްޗެއް މިސަރުކާރުން އަތުނުލާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިތުރު 57 ރަށެއްގައި ހައުސިންތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
