
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މާލޭގައި ހަނި ގޯޅިތައް ނުވަތަ ދަތިގޮތްގޮތަށް ދިރިއުޅެމުން އަންނަ ފަރާތްތަކުން އެމީހުން ދިރިއުޅޭ ގޯތި ދޫކޮށްލާނަމަ، ލާ ޖައްސައިގެން މާލެ ސަރަހައްދުން ގޯތި ދޭން ރާވައިފާ ޕްލޭން މިއަހަރު ފައްޓަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، ވަރަށް ހަނި ގޯޅިތަކާއި ލޯނު ނަގައިގެން ގެ އަޅަން، މީހުންނަށް ބޭންކުތަކުން ލޯނު ނުލިބޭ ގޮތަށް ހުންނަ ގޯތިތައް ހުންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ހައްލު ހޯދުމުގެ ކަންކަން ވަރަށް އަވަހަށް ފައްޓަވައި ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެކަމަކީ އެއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެފައިވާ ވައުދުފުޅެއް ކަމަށެވެ.
“އިކޮނޮމިކަން ބޭންކަބަލް ޕްރޮޖެކްޓަކަށް ނުވާ ސަރަހައްދު ހުންނަ ވަރަށް ގިނަ ގޯތި އެބަ ހުރި. މި މީހުންނަށް އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވިން ލާޖައްސާ އުސޫލުން މާލޭ ސަރަހައްދުން ބިން ދީފަ އެތަންތަން، ދައުލަތަށް ނަގާފަ. ލޯނު ލިބޭނެ މަގު ފަހިކޮށްދޭނަމަ. ނޫނީ ލާޖައްސާ އެހެން ތަނަކުން ގޯތި ދޭނަމޭ. އޭރުން އެމީހާއަށް ގޯތި ހަދަން ފުރުސަތު ލިބޭ” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވައުދުފުޅުވި ގޮތަށް އެވައުދު ފުއްދުމަށް ދާދި އަވަހަށް ފައްޓަވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ވަރަށް އަވަހަށް އެގޮތަށް ހުންނަ ގޯތިތައް، މުޅި ގޯތި ދޫކޮށްލާފަ، ގޯތީގެ ސައިޒުގެ ގޯއްޗެއް މާލެ ސަރަހައްދުން ހިއްކާ ތަނުން ލިބޭނެ ދިނުމަށް އިއުލާނު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އުތުރުތިލަފަޅު ވެސް ހިއްކަން ވެސް މިއޮތީ ނިންމާފަ. ގިރާވަރުފަޅު ހިއްކާ ނިމޭއިރު ވެސް އިތުރަށް ޖާގަ ލިބެންވެސް ލިބޭނެ. އަދި ގުޅިފަޅުން ވެސް ހިއްކާ ނިމޭއިރު ބައެއް ސަރަހައްދު އިތުރުވާނެ. މިހެން ގޮސް ރަސްމާލޭ ހިއްކުމުގެ މިހާރު އަޅުގަނޑުމެން މިގެންދާ މަޝްރޫއު އިރާދަކުރެއްވިއްޔާ އެތައް ގުނައެއް ސްޕީޑްއަޕްވާ ގޮތަށް މިހާރު އިރާދަ ކުރއްވީތީ އެގްރީމެންޓް ހެދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އެދަނީ ނިމެމުން” ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ރަސްމާލެ ހިމެނޭހެން މާލޭ ސަރަހައްދަށް އިތުރުވާ ބިންތަކުން ނުހެދޭނެ ގޮތަށް ހުންނަ ގޯތިތައް، އެގޭގެ އެންމެން ވެގެން ދޫކޮށްލާފަ އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ނަމަ އެފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތަށް މިކަން ފައްޓަވާއިރު، އެކަމަށް އެއްބަސްވާ އެންމެންނަށް ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އެގޮތަށް ގޯތިތައްދީ، މާލޭން އެ ގޯތިތައް ހުސްވުމުން އެތަންތަން ސަރުކާރަަށް ނަގައި، މާލެއަކީ ހިތްގައިމު ސިޓީއަކަށް ހެދުމަށް ބޭނުންވާ ކަންކަން އެތަންތަނުގައި ކުރެވިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއު މިއަހަރު ތެރޭ ކުރިއަށް ގެންގޮސް ގޯތި ލިބޭނެތަން ކަނޑައަޅައި ރަސްމީ ލިޔުން އެފަރާތްތަކާއި ހަވާލު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
