
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފްލެޓް ލިބި، ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކެންސަލް ކޮށްފައިވާ މީހުންނަށް މިސަރުކާރުގެ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރެއިން ދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ރައީސް އެފަދައިން ވިދާޅުވީ، “ޕީއެސްއެމް”އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ފައިނަލް ލިސްޓަށް އަރާފައި ތިބި އެތައް ބަޔަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކެންސަލް ކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ އެއްވެސް ކަހަލަ އިންސާފަކަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެފަދަ މީހުންނަށް މިސަރުކާރުން ފުރަތަމަ އަޅާ ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓްތައް ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް އެހެން އެއްވެސް މަޝްރޫއެއްގެ ދަށުން ފްލެޓް ލިބިފައިވާނަމަ އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “އަޅުގަނޑު މިހެން ދަންނަވާ ކޮންމެ އެއްޗެއްގަ ވެސް އާންމު އުސޫލު އެޕްލައިވާނެ. މިހާރު މިހިންގާ ގެދޮރުވެރިޔާ ސްކީމް ނުވަތަ އެހެން ސްކީމެއް ނުވަތަ މިދިޔަ ސަރުކާރުން ފެށި ސްކީމެއްގެ ތެރެއިން އެމީހާއަށް ލިބިފަ އޮތީ. އަބަދު ވެސް އޮންނަ ގޮތް ސަރުކާރުގެ ސޯޝަލް ހައުސިން ޕްރޮގްރާމަކުން ލިބިއްޖެއްޔާ ދެން ނުލިބޭނެއޭ ވަކި މުއްދަތެއް ވަންދެން އެންމެ ކުޑަވެގެން، އެ އިސްތިސްނާ އޮންނާނެ.” ރައީސް ވިދާޅުވިއެވެ.
އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބިފަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެންސަލްކޮށްލި އެންމެންނަށް މިސަރުކާރުގެ ފުރަތަމަ ހައުސިން ޕްރޮޖެކްޓުގެ ތެރެއިން ފްލެޓް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
