
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އަރުވައިފިއެވެ. އެމަނިކުފާނަށް މި ބެޖު އަރުވާފައިވަނީ ޤައުމީ ސްކައުޓް ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުހައްމަދު މުޢިއްޒުއަށް ވޯލްޑް ސްކައުޓް ބެޖު އެރުއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޘީފެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގައި އެމަނިކުފާނު ކިޔަވައިވިދާޅުވި ދުވަސްވަރު ފަސްޓް މާލެ ސްކައުޓް ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސަށް ވޯލްޑް ސްކައުޓް ބެޖު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ ސްކައުޓް ކައުންސިލްގެ މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސްކައުޓް ކައުންސިލުގެ މެންބަރުން
- ރައީސް: މުޙައްމަދު ނަޘީފް
- ނައިބު ރައީސް: އަހުމަދު ހަނީފް
- ޤައުމީ ހަޒާންދާރު: އަހުމަދު ނަޝީދު
- މެންބަރު: ޢަބްދުﷲ މާޖިދު
- މެންބަރު: އިބްރާހިމް އާސިފް ރަޝީދު
- މެންބަރު: މުޙައްމަދު އިބްރާހިމް
- މެންބަރު އަދި ސްކައުޓް ޔޫތު ކައުންސިލްގެ މުގައްރިރު: ހުސައިން އާހިލް ވަހީދު
- ޗީފް ކޮމިޝަނަރ: މައީދު މުޙައްމަދު ޒާހިރު
މި ރަސްމިއްޔާާތުގައި ރައީސުލްޖުމްހޫޜިއްޔާގެ ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުންޓުންނަށް ވަނީ އެވޯޑު ހަވާލުކުރައްވާފައެވެ. މި އެވޯޑަކީ ދިވެހި ސްކައުޓް ހަރަކާތުގައި ދެވޭ އެންމެ މަތީ އެވޯޑެވެ. މި އެވޯޑް މިއަހަރު 7 ސްކައުޓަކަށް ވަނީ ލިބިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ލިބުނު ސްކައުޓުން
- އަހުމަދު ޒަޢުލް: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- އަހުމަދު ބާސިގު މުޙައްމަދު: 1ވަނަ ޅ. ސްކައުޓް ގްރޫޕް، ނައިފަރު އިފްތިތާހް ސްކޫލް
- ޢަބްދުﷲ ސަރޫފް މުޙައްމަދު: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- އައިޝަތު ލަޔާން އަބްދުއްނަސީރު: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- މުޙައްމަދު އަދީމް އާދަމް: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- ފާތިމަތު އަނޫޝާ: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
- ސާރާ ބިންތު އަމީރު އިބުނު އަލީ: 11ވަނަ މާލެ ސްކައުޓް ގްރޫޕް، އަރަބިއްޔާ ސްކޫލް
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖު ލިބެނީ އެކި ދާއިރާތަކުގެ ހުނަރު ލިބިދޭ ޕްރޮފެޝަނަލް ބެޖުތައް ހާސިލްކުރުމުންނެވެ. އަދި ޖަމައާތަށް ފައިދާހުރި މަސައްކަތްތައްވެސް ރައީސްގެ އެވޯޑް ލިބޭ ސްކައުޓުން ފުރިހަމަކުރަންޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
