
ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް އެރުވުމާއި، ސްކައުޓް އެވޯޑް ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި މި ހަރަކާތް މިހާތަނަށް ރާއްޖޭގައި ކުރަމުންގޮސްފައިވަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި އެކުގައިކަމަށެވެ. އެގޮތުން ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އެއް އިމާރާތުން އަނެއް އިމާރާތަށް ބަދަލުވަމުން ދާކަމަށާއި ނަމަވެސް މިއީ މިކަން ވާންޖެހޭނެގޮތް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
ކުރިއަށްއޮތްތަނުގައި ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން އުމްރާނީ ވަސީލަތާއި މާލީ އެހީގެ ގޮތުންވެސް އެހީތެރިކަން ވެދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ މި ހަރަކާތް ދިރުވާ އާލާކޮށް ވަރުގަދަކުރުމަށް އަޅުގަނޑު ވަރަށް ބޭނުން. އެހެންވީމަ ސަރުކާރުން ހުރިހައި ޒާތެއްގެ ވަސީލަތްތައް ޝާމިލްވާގޮތައް ފަހިކޮށްދިނުމުގެ ވާހަކަ މިދަންނަވަނީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި މި ހަރަކާތް އަދި ޖުމްލަކޮށް ސްކައުޓް ހަރަކާތުގެ އިތުރަށްވެސް ހިނގާ އެކި ހަރަކާތްތައް އެބަހުރި ކެޑޭޓް، ގާލްގައިޑް. ޖުމްލަކޮށް މި ހުރިހައި ހަރަކާތަކަށް ކޮށްދޭންޖެހޭ ހުރިހައި މަސައްކަތެއް ވަރަށް ސަމާލުކަންދީގެން ކޮށްދޭނެކަމުގެ ޔަޤީންކަން ތިބޭފުޅުންނަށް އަރުވަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ސްކައުޓް ހަރަކާތް ހިންގާތާ 69 އަހަރު ވެފައިވާއިރު ވަރަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދާދީފައިވާކަމަށެވެ. އަދި ކުދިކުދި ކަންކަމުންގޮސް ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފެންނަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
