
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝާން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން “އެކްސް” ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން ނޫރައިން އެ މަގާމަށް އައްޔަން ކުރީ ބުރާސްފަތި ދުވަހުއެވެ. އޭނާ މީގެކުރިން ހުންނެވީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން އުފެއްދި ކުންފުނި، އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުގެ މަގާމުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުގެ މަގާމަށް އައްޔަންކޮށްފައި ހުއްޓައި އޭނާ އިސްތިއުފާ ދެއްވީ މެއި 21، 2024 ގައެވެ. ނަމަވެސް ނޫރައިން އިސްތިއުފާދެއްވި ސަބަބެއް ސާފެއް ނޫނެވެ.
ނޫރައިން އާންމުންގެ ތެރެއަށް ބޮޑަށް އެނގުނީ ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ހަވާސާގައި މީޑިއާ އަށް އިނގިރޭސި ބަހުން ދެއްވި އިންޓަވިއުއާ އެކުގައެވެ. އެ އިންޓަވިއުއާ އެކުގައި ގިނަ ބައެއްގެ ތައުރީފު ނޫރައިނަށް ވަނީ ލިބިފައެވެ. އަދި ގިނަ ބައެއްގެ ތެރޭގައި ނޫރައިން މަގްބޫލް ވެގެން ދިޔައެވެ. ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ދަރިކަނބަލުންނެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމަށް ނޫރައިން އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ. ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ވައިސް ޗެއާކަން ވެސް ކުރައްވާ ނޫރައިންއަކީ ލީޑާޝިޕް ކޯޗިން އަދި ކޮންސަލްޓިންގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެމްބަރުކަން ކުރައްވާފައިވާ ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ. ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގައެވެ. ނޫރައިން ވަނީ 2015 ވަނަ އަހަރު “ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް” ވެސް ހޯއްދަވައިފައެވެ. އަދި އޭނާ ވަނީ “އޮތެންޓިސިޓީ އެން ޒެޑް” ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
