
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދުންފަތް ބޭނުންކުރުން ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޒައާމަތުގައި އެޅުއްވި ފިޔަވަޅުތަކަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މުއިއްޒަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ އެވޯޑެއް އަރުވާފައިވެއެވެ. މި އެވޯޑަކީ ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑެކެވެ.
ޓެޑްރޯސް ފޮނުއްވި ހާއްސަ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިއީ ހަމައެކަނި ރާއްޖެއަށް ހާސިލުކުރެވުނު ވަރުގަދަ ކާމިޔާބީއެއް އެކަންޏެއް ނޫން ކަމަށާއި، މިއީ ދުންފަތުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރަމުންދާ އެހެން ގައުމުތަކަށް ނަމޫނާއެއް ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ހާއްސަ ޖަލްސާގައި ޓެޑްރޯސް ފޮނުއްވި ވީޑިއޯ މެސެޖެއްގައި، ރާއްޖޭގައި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތައް ވަކިވަކިން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުމާއި ވިއްކުން އެއްކޮށް މަނާކުރުމާއި، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
ޓެޑްރޯސް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި ކަމަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ގާނޫނު އިސްލާޙުކޮށްފައިވާ ކަމެވެ. މި އިސްލާޙު މި މަހުގެ 21 ވަނަ ދުވަހު ތަސްދީގުކޮށްފައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން “ޖެނެރޭޝަނަލް ބޭން” އަށް އަމަލުކުރަން ފަށާނެއެވެ.
“މިއީ ހަމައެކަނި ރާއްޖެއަށް ހާސިލުކުރެވުނު ވަރުގަދަ ކާމިޔާބީއެއް އެކަންޏެއް ނޫން. މިއީ ދުންފަތުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރަމުންދާ އެހެން ގައުމުތަކަށް ނަމޫނާއެއް، އަދި ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް,” ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ތިބުމަށް، ރައީސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމުގެ ނަތީޖާއެއް ކަމަށެވެ. ރައީސް މުއިއްޒުގެ މި މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ އެވޯޑެއް ރައީސަށް އަރުވާފައިވެއެވެ. މި އެވޯޑު ރައީސާ ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދެވެ. ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން “ޖެނެރޭޝަނަލް ބޭން” އަށް އަމަލުކުރަން ފަށާނެއެވެ. އަދި މި ގާނޫނުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެކެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދުންފަތުގެ ވިޔަފާރީގައި އުޅޭ ފަރާތްތައް ވެސް އެކަން ހުއްޓާލާފައި އެހެން މަސައްކަތްތަކަށް ބަދަލުވުމަށް ނަސޭހަތްތެރިވަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން މަސައްކަތްކުރައްވަނީ އެންމެންގެ ފައިދާއަށް ކަމަށާއި އޭގެ ނަތީޖާ އެންމެން ގުޅިގެން ނެރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
