
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުންދާ “ނޯ ޓޮބޭކޯ ޑޭ” ނުވަތަ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރާއްޖޭން ދޭން ބޭނުންވާ ޔަގީންކަމަކީ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަން ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ވޭޕުގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންް ކުރުން މަނާ ކުރުމާއި ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަކީ އަންނަން އޮތް ޖީލުތަށް ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ދުންފަތާ ދެކޮޅަށް އެމަނިކުފާނު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސިއްޙަތު ރަނގަޅު މުސްތަގުބަލަކަށް އެމަނިކުފާނު އެޅުއްވި ފިޔަވަޅެއްކަމަށް ބަލައިގަތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
On #WorldNoTobaccoDay, Maldives reaffirms its commitment to preventive healthcare. From the ban on vaping in 2024, to the recent ratification of the Second Amendment to Tobacco Control Act, which introduced a generational ban on tobacco, we have taken bold measures to protect our… pic.twitter.com/Y7okLt0lRz
— Dr Mohamed Muizzu (@MMuizzu) May 31, 2025
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި ދުންފަތާ ދުރު މުޖުމަތަޢެއް ބިނާ ކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެންނެވި އިސްލާހުތަކާއެކު ރާއްޖޭގައި ވޭޕުގެ ބާވަތްތައް މަނާކޮށްފައިވާއިރު ރާާއްޖޭގައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ އުމުރު 21 އަހަރަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން 2007ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާގޮތަށް ޤާނޫނަށް ވަނީ އިސްލާހު ގެންނަވާފައެވެ.
ދުންފަތާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުންދާ ފިޔަވަޅުތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ވަނީ އެމަނިކުފާނަށް ހާއްސަ އެވޯޑެއްވެސް ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
