
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ މާކެޓިން ހަރަކާތްތަކެއް ފަށައިިފިއެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ ޔޫރަޕް މާކެޓަށް އަމާޒުކޮށް ހިންގާ މާކެޓިން ހަރަކާތުގެ މަޤްޞަދަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުުރުކުރުމާއި ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށެވެ. ހޫނު މޫސުމާއި ދިމާކޮށް ޔޫރަޕް މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ހިންގުމަށް ހަމަޖެހިފައިވަނީ ހައި އިމްޕެކްޓް މާކެޓިން ހަރަކާތްތަކެކެވެ. މިއީ ސޯޝަލް މީޑިއާއި އަދި އެ ނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކަށް އަމާޒުކޮށް މާކެޓްކުރުމަށް ހިންގާ ކެމްޕެއިން ހަރަކާތްތަކެކެވެ.
ރާއްޖެ ޕްރޮމޯޓްކޮށް، ރާއްޖެއަކީ އެންމެ ދާން ބޭނުންވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް އިނގިރޭސިވިލުތުގައި ދަނީ އައުޓް ޑޯރ ކެމްޕެއިންތަކެއް ކުރިއަށްގެންދަމުންނެވެ. މި ކެމްޕެއިންގެ ތެރެއިން ލަންޑަންގެ އަންޑަގްރައުންޑް އަދި ބަސްތަކުގެ އިތުރުން ކާރުތަކުގައި އިޝްތިހާރުތައް ހަރުކޮށް ދަނީ މާކެޓްކުރަމުންނެވެ. މިއީ ވިޒިޓާ އެންގޭޖްމަންޓްތަކާއި ސަމާ ބުކިންތައް އިތުރުކުރުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރެވަލް އޮޕަރޭޓަރެއްކަމުގައިވާ ޓްރެވަލްބޭގް (ޑީނާޓާ ޔޫކޭ) އާއެކު ކުރިއަށްގެންދާ ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއްކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ވިޔަފާރިތަަކަށް އަމާޒުކޮށް ރީޓެއިލް ޕްރޮމޯޝަންތައް ދަނީ ހިންގަމުންމެވެ. އަދި ޖަރުމަނުވިލާތުގެ މަޝްހޫރު ޓްރެވަލް އޭޖެންސީއެއްކަމުގައިވާ ޓުއި އަދި ޑާޓުއާ އާއެކު ޖޮއިންޓް މާކެޓިން ކެމްޕޭނެއް ދަނީ ހިންގަމުންނެވެ. ހަމަމިއާއެކު، ޕޮލެންޑްގައިވެސް ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށް ބަސްތަކުގައި އިޝްތިހާރުތައް ހަރުކޮށް ރާއްޖެ އިޝްތިހާރުކުރަމުންދެއެވެ. އިޓަލީގެ މަޝްހޫރި ޓްރެވަލް އޭޖެންސީ އަލްޕިޓޫރާއާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގަން ވަނީ ފަށާފައެވެ. އެގޮތުން، އަލްޕިޓޫރުގެ ޓުއާ އޮޕްރޭޓަރތައް ބޭނުންކޮށްގެން ޓެއިލަރޑް ހޮލިޑޭ ޕެކޭޖްތައް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ސްޕެއިންއާއި ސްޕެނިޝް ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް އަމާޒުކޮށް ކާރުތަކުގައި އިޝްތިހާރުތައް ހަރުކޮށް ރާއްޖެ ޕްރޮމޯޓްކުރަމުންދެއެވެ.
ރަޝިޔާ އަދި ސީއައިއެސްގައި ޕީއޭސީ ގްރޫޕާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް އެމްއެމްޕީއާރުސީއިން ވަނީ ފަށާފައެވެ. މި ކެމްޕެއިނުގެ ތެރެއިން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯތައް އެކި ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފައެވެ. ހޫނު މޫސުމުގެ ބުކިންތައް އިތުރުކުރުމުގެ ގޮތުން އިންޑިއާގެ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، ޑިޖިޓަލް އެކްޓިވޭޝަންތަކާއި ޕްރޮމޯޝަންތަކާއި ޓްރޭޑް އެންގޭޖްމަންޓް ހިމެނޭ ގޮތަށް ޓީބީއޯ، މޭކްމައިޓްރިޕް އަދި ޕިކްޔޯޓްރެއިލް ފަދަ ބޮޑެތި ޕާޓްނަރުންނާއި ގުޅިގެން ގިނަ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މި ކެމްޕެއިނާ ގުޅިގެން އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، ހޫނު މޫސުމަށް އަމާޒުކޮށް ކުރިއަށްގެންދާ ކެމްޕެއިނަކީ މުހިންމު މާކެޓުތަކުގައި ރާއްޖޭ އިތުރަށް ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. “މި ކެމްޕޭނާއެކު ރާއްޖެއަށް މިދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ޓޫރިސްޓުން ތިބޭ މުއްދަތު އިތުރު ކުރަން ފުރުސަތު ފަހިވާނެ. އަޅުގަނޑުމެންގެ އަމާޒަކީ ސްޓްރެޓެޖިކް މީޑިއާ ޕްލޭސްމަންޓްތަކާއި ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކާ އެކު އޮން ދަ ގްރައުންޑް އިނީޝިއޭޓިވްސް އިންޓަގްރޭޓްކޮށް، ރާއްޖެއަކީ ހުރިހާ މާކެޓްތަކުން އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ޝައުގުވެރިކަން އުފެއްދުން.” ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީއިން ދަނީ ރާއްޖެއަކީ ވަކި ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިނަލްއަޤުވާމީ ފެއަރތަކާއި ރޯޑްޝޯރތައް ބާއްވަމުންނެވެ. އެގޮތުން މިމަހުގެ 14ވަނަ ދުވަހު އެމްއެމްޕީއާރުސީިއިން ވަނީ ޓާޓާބައި މޯލްޑިވްސް ރޯޑްޝޯގެ ނަމުގައި ޚާއްޞަ ހަރަކާތެއް އެންޑޯޒްކޮށްފައެވެ. މި ރޯޑްޝޯރ އިންޑިއާގެ ހަތަރު ސިޓީއެއްގައި ވަނީ ބާއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
