
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މައުރަޒުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އާންމުންގެ ފަރާތުން އެންމެ ތަރުޙީބު ލިބުނު މައުރަޒެވެ. މި މައުރަޒުގައި ތަފާތު ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. ދިވެހީންގެ ޒަމާނީ މަސައްކަތްތެރިކަމާއި، ޒަމާންވީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ތަނަކުން ދައްކުވައިދޭ މި މައުރަޒުގައި ކޮންމެ ރެއަކުވެސް ޚާއްސަ ޝޯވްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މި މައުރަޒުގެ ތެރެއިން ބޮޑުބެރު ޗެލެންޖެއް ކުރިއަށްގެންގޮސްފައިވާއިރު މި ޗެލެޖުންގެ ބޭނުމަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށް އިޤްތިސާދީ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި ސަރުކާރުން ބާއްވާ މި މައުރަޒުގެ ހުރިހާކަމެއް ކުރިއަށްގެންދަވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީސީސީއިންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި، އުފެއްދުންތެރިކަން ދައްކުވައިދޭ ގިނަ ހަރަކާތްތަކެއް އެއް މައުރަޒެއްގެ ތެރެއިން ފެނިގެންދާ އުފެއްދުންތެރިކަމުގެ މައުރަޒުގައި މާކެޓް ޕްލޭސް އެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ކާބޯތަކެތީގެ އެކި ރަހަތައް މިމައުރަޒުގެ ތެރޭގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި ސަރުކާރުން ބާއްވާ މި މައުރަޒަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތްކުރެއެވެ. އޭގެތެރޭގައި ދޭސީންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ދިވެހީންގެ އުފެއްދުންތައް ބައްލަވާލެއްވުމަށް މައުރަޒަށް ޒިޔާރަތް ކުރައްވާކަން ފާހަގަކޮށްލެވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
އިހުގެ ދިވެހީންގެ ހުރި އުފެއްދުންތެރިކަމާއި ހުނަރުވެރިކަން މިއަދުވެސް ފެންނަންހުރި މި މައުރަޒުން ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމެނޭއިރު މިއިން ކޮންމެ ޑިސްޓްރިކްޓަކީ އެ ދާއިރާއަކާ ގުޅޭ އެކި ޙަރަކާތްތައް ހިމަނައިގެން ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޑިސްޓްރިކްޓް ތަކެކެވެ. 9 ދުވަހުގެ މުއްތައް ކުރިއަށްދާ މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި 3600އަަށްވުރެ ގިނަ އުފެއްދުންތައް މި މައުރަޒުގައި ބައިވެރިކޮށްފައިވާއިރު، އެންމެ ގިނައިން ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންކަން ބީސީސީން ފާހަގަކުރައްވައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް، މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެންމެން ގުޅިގެން ޤައުމަށާއި ވަކިވަކި ފަރުދުންނަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
