
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް ކާމިޔާބީގެ ބިންގަލަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަމަށާއި، އަމާޒަކީ މި ސަރަހައްދުގެވެސް އެންމެ ވަރުގަދަ ޑިޖިޓަލް ބޭންކަށްވުން ކަމަށް، ބޭންކް އޮފް މޯލްޑިވްސް ސީއިއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މިހެން ވިދާޅުވީ، ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ ވަނީ ބޭންކުގެ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާފައެވެ. އެގޮތުން މާލީ ގޮތުން، ބޮޑު ކުރިއެރުމެއް ހޯދައި ރެކޯޑު އަހަރަކަށް މިދިޔަ އަހަރުވެގެން ގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއާއެކު ބޭންކުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ، ޑިޖިޓަލައިޒޭޝަން މަސައްކަތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމުގައި ބޭންކުން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސް ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ބޭންކުން ވަނީ އެއްވެސް ބްރާންޗަކަށް ނުގޮސް ބޭންކުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން މީގެ ކުރިން އަލަށް އެކައުންޓެއް ހުޅުވާ ނަމަ ބޭންކުގެ ބްރާންޗަކަށް ދިއުން ލާޒިމްވި ނަމަވެސް، މިހާރު އޮންލައިންކޮށް އެކަން ކުރެވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ފަހަރަށް ވިޔަފާރިތަކަށް ހާއްސަ އެކައުންޓުތައް އޮންލައިންކޮށް ހުޅުވޭ ބޭންކަކީ ބީއެމްއެލް ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. ބޭންކުން އާންމުކޮށްފައިވާ ބައެއް ތަފާސްހިސާބުތައް ދައްކާގޮތުން، ބޭންކުގެ %99 މުޢާމަލާތް ކުރަނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ. ބީއެމްއެލް އިން އަހަރަކު 220 މިލިއަނަށްވުރެ ގިނަ ފައިސާގެ މުޢާމަލާތްތައް މިހާރު ޑިޖިޓަލްކޮށް ޕްރޮސެސްކުރެއެވެ. މިއީ ގާތްގަނޑަކަށް 540 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މުޢާމަލާތެވެ. މީގެ ތެރެއިން ބްރާންޗުތަކުގެ ކައުންޓަރުތަކުން ކުރެވޭނީ އަހަރެއްގެ މައްޗަށް 6 ލައްކަ މުޢާމަލާތެވެ. މީގެ އިތުރުން ކަސްޓަމަރުން މިހާރުވެސް ދުވާލަކު އެއް މިލިއަން ފަހަރު ބީއެމްއެލް އިންޓަރނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރާއިރު، ބީއެމްއެލް ޕީއޯސް މެދުވެރިކޮށް ދުވާލަކު ދޮޅުލައްކަ މުއާމަލާތްކުރެއެވެ. ކާޑުތަކުން ދުވާލަކު 238،000 މުއާލަމާތްކުރެއެވެ.
ސިއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ބޭންކުގެ %99 މުޢާމަލާތްތައް ޑިޖިޓަލް ޗެނަލްތަކުން ކުރެވޭއިރު، ނަގުދު ފައިސާއިން ހަމައެކަނި ކުރެވޭ މުޢާމަލާތްތައްވެސް ހުރީ ގާތްގަޑަކަށް %95 ގައެވެ. އަދި ބޭންކުގެ އަމާޒަކީ ނަގުދު ފައިސާ ބޭނުންކުރަން ޖެހޭ މިންވަރު ވީހާވެސް މަދުކުރުން ކަމަށް، އޭނާ ވިދާޅުވިއެވެ. އަދި އޭއައި ވަސީލަތްތަކާއެކު ޚިދުމަތްތައް ފުޅާވެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
“މިކަމުގެ ސަބަބުން ބޭންކިންގ ޚިދުމަތް ފަސޭހަވެފައިވާއިރު، ރައްކާތެރިކަމާއި ޚިދުމަތުގެ ފެންވަރު އެއް ފެންވަރެއްގައި ދެމެހެއްޓިގެންދާނެ. އާންމު މަސައްކަތްތައް އޮޓޮމޭޓް ކުރެވޭ ވަރަކަށް، އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ސުވާލުތަކަށް ޖަވާބުދާރީވުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ލަފާ ދިނުމަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ. މި ހުރިހާ ބަދަލުތަކާއި އަދި ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ އަމާޒަކީ މި ސަރަޙައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުން. ” ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތާއެކު މިހާރު ދަނީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޭޓީއެމް ޚިދުމަތް ދިނުމުގެ މަސައްކަތެވެ. ބީއެމްއެލް އިން ވިދާޅުވީ މިކަމުގެ ސަބަބުން ރަށްރަށުގައި ތިބޭ ރައްޔިތުންނަށް ފައިސާ ޖަމާޢުކޮށް ބޭންކު ޚިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަވެގެންދާނެއެވެ. އަދި މީގެ ސަބަބުން ބޭންކުގެ އެހެނިހެން ޚިދުމަތްތައް ހޯދުމަށް ރަށްރަށުގެ ރައްޔިތުންނަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށާއި މިކަމުގެ ސަބުބުން ޑިޖިޓަލައިޒޭޝަންއަށް ކުރާ ދަތުރުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބޭންކުން ވިދާޅުވެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރު ތެރޭ 100 އަށް ވުރެ ގިނަ ރަށުގައި ބޭންކުގެ އޭޓީއެމް ބެހެއްޓުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
