
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތައް 60 ދުވަހަށް ހުއްޓާލައި، ޙަމާސް ޖަމާޢަތުގެ ބެލުމުގައި ދަށުގައި ތިބި 28 އަސީރުންނާއި ޔަހޫދީންގެ ޖަލުތަކުގައި ތިބި 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަން ކުރުމުގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅާފައިވާކަން ހާމަވެއްޖެއެވެ. ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންދާ މިޞްރާއި ޤަތަރުގެ ރުހުމާއެކު، އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނުގައި ޔަހޫދީންގެ ޖަލުތަކުގައި ނުހައްޤުން ބަންދުކޮށްފައިވާ 1،236 ޤައިދީންނާއި 180 ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތައް އާއިލާތަކާ ޙަވާލުކުރަން ހިމަނާފައިވާކަމަށް ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެ އެއްބަސްވުމަށް ޔަހޫދީންނާއި ޙަމާސްއިން އެއްބަސްވުމާއެކު، ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ހުޅުވާލެވި، އދ. އާއި ރެޑްކްރެސެންޓު ފަދަ ބައިނަލްއަޤްވާމީ އެހީ ދޭ ޖަމްޢިއްޔާތަކުން، ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީ ބެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވެސް އެ ޕްލޭނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ.
ޣައްޒާގައި ޙަމަލާތައް ހުއްޓައިލަން އެމެރިކާއިން ހުށަހަޅާފައިވާ އެ ހުށަހެޅުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އެއްބަސްވެފައިވާ ކަމަށް ވައިޓް ހައުސްއިން އިއްޔެ ބުންޏެވެ. ޙަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނާޢިމް ވިދާޅުވި ގޮތުގައި، އެމެރިކާގެ އެ ހުށަހެޅުމުގައި ވެސް ޣައްޒާގެ ރައްޔިތުންގެ ހައްޤުތައް އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ކުރުމުގެ ފުރުޞަތު ލިބިދީފައިނުވާ ކަމަށެވެ. މިގޮތުން، ޙަމަލާތައް ހުއްޓާލާފައިވާ އޮންނަ މުއްދަތުގައި ވެސް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން ޔަހޫދީންގެ ހިންގަމުންދާ ޤަތުލުއާންމު ހުއްޓުވޭނެކަމުގެ ޔަޤީންކަމެއް އެ ހުށަހެޅުމުގެ ތެރެއިންވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޙަމާސްގެ އިސް ވެރިން ވަރަށް ޒިންމާދާރުކަމާއެކު، ތަފްޞީލީ ގޮތެއްގައި އެމެރިކާގެ އެ ހުށަހެޅުން ދިރާސާކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
އެމެރިކާގެ މި ޕްލޭނަށް ދެ ފަރާތުން އެއްބަސްވުމާއެކު، ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލެވޭނެއެވެ. އަދި އެ 60 ދުވަހުގެ ތެރޭގައި، ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ، ޙަމަލާތައް ހުއްޓައިލުމުގެ މި އެއްބަސްވުން އިތުރުކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ވަނީ ސިފަކޮށްފައެވެ. ބައިނަލްއަޤްވާމީ ފިއްތުންތަކާ ގުޅިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން އަލުން ދީފައި ވަނީ 11 ހަފުތާއަށް ފަހުއެވެ. ނަމަވެސް، އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީއަށެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ޖީއެޗްއެފްގެ ބެލުމުގެ ދަށުންނެވެ. އެމެރިކާއިން ޤާއިމު ކޮށްފައިވާ އެ ޖަމުޢިއްޔާއިން ވަނީ އެހީގެ ސާމާނު ބެހުމަށް ތިންވަނަ މަރުކަޒެއް ޣައްޒާގައި ޤާއިމު ކޮށްފައެވެ. މިހާތަނަށް 1.8 މިލިޔަން ކެއުން ބަހާފައިވާނެ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެފައިވާއިރު، އދއާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ދަނީ ޖީއެޗްއެފާ ގުޅިގެން މަސައްކަތް ކުރުމަށް އިންކާރު ކުރަމުންނެވެ. ސަބަބަކީ، އެހީ ބެހުމުގައި ޖީއެޗްއެފުން އަމަލު ކުރަމުންދާ އިންސާނިއްޔަތު ކަމެއް ނެތް އުސޫލުތަކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
