
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާއެކު ހަނގުރާމައެއް ފަށަން ބޭނުންނުވާނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު ނިއުކްލިޔަރ އެއްބަސްވުމަކަށް ދާން ސަޢޫދީ ޢަރަބިއްޔާއިން އީރާނަށް ލަފާދީފައިވާ ކަން ހާމަވެއްޖެއެވެ. އީރާނާއި ޔަހޫދީންގެ ދަޢުލަތާ ދެމެދު އޮތް ނުތަނަވަސްކަން، ސަރަޙައްދީ ބޮޑު ހަމަނުޖެހުމަށް ބަދަލުވެދާނެތީ، ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް، އީރާނުގެ ރޫހާނީ ލީޑަރު އަޔަތުﷲ ޢަލީ ޚާމަނާއީގެ އަރިހަން ދަރިކަލުން ޕްރިންސް ޚާލިދު ބިން ސަލްމާން ފޮނުއްވި ކަމަށް، އީރާނުގެ އެކި މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ. އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި ޚާލިދު ބިން ސަލްމާން އާއެކު ބޭއްވި ސިއްރު ބައްދަލުވުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން އާއި ސިފައިންގެ ވެރިޔާ މުޙައްމަދު ބަޣޭރީ އާއި ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ބައިވެރިވެވަޑައިގެންނެވިކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޚާލިދު ބިން ސަލްމާންގެ މި ދަތުރުފުޅުގެ ޚަބަރު މީޑިޔާތަކަށް ތިލަވެފައިވީނަމަވެސް، އެ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ތަފްޞީލެއް މިހާތަނަށް ހާމަވެފައެއް ނުވެއެވެ. ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި، އެމެރިކާގައި ހުންނަވާ ސަޢޫދީ ސަފީރުކަން ކުރެއްވި ޚާލިދު ވަނީ ދިގުދެމިގެންދާ މަޝްވަރާތަކަށް ޓްރަމްޕްގެ ކެތްތެރިކަން ކުޑަކަމަށް އީރާނުގެ ވެރިންގެ އަރިހު ދަންނަވައިފައެވެ. ޚާލިދުގެ އެ ދަތުރުފުޅުގެ ހަފްތާއެއް ދުވަސް ކުރިން، ޓްރަމްޕް ވަނީ އީރާނާ އެކު ނިއުކްލިޔަރ މަޝްވަރާތައް ފައްޓަވަން ބޭނުންފުޅުވާ ކަން އިޢުލާނުކުރައްވައިފައެވެ. އެކަން ޓްރަމްޕް އިޢުލާނުކުރެއްވީ، ޔަހޫދީ ދަޢުލަތުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޓްރަމްޕްއާ ބައްދަލުކުރަން އެމެރިކާއަށް ގޮސް ހުއްޓައެވެ. ނަތަންޔާހޫ އެމެރިކާއަށް އެ ދަތުރުކުރީ، އީރާނުގެ ނިއުކްލިޔަރ ކާރުޚާނާތަކަށް ބޮން އަޅަން ފެށުމަށްޓަކައި ޓްރަމްޕްގެ ރުހުން ހޯދުމަށްކަމަށްވެއެވެ.
ޓްރަމްޕްގެ ސަރުކާރުން ވީއެންމެ އަވަހަކަށް އެއްބަސްވުމަކާ ހަމައަށް ދާން ބޭނުންވާނެ ކަމަށާއި، މަޝްވަރާގެ ތެރެއިން މިކަން ޙައްލު ކުރުމަށް ލިބޭ ވަގުތު ވަރަށް ކުޑަވާނެކަމަށް، ތެހެރާނުގައި ޚާލިދު، އީރާނުގެ އިސް ވެރިން އަރިހު ވިދާޅުވި ކަމަށް ތަފާތު ހަތަރު މަސްދަރަކާ ޙަވާލާދީ އެ ނޫހުން ބުނެފައިވެއެވެ. އެހެންކަމުން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ އެކު ހަނގުރާމައެއް ފެށެން ބޭނުންނުވާނަމަ، އެމެރިކާ އާއެކު ނިއުކްލިޔަރ އެއްސްވުމަކަށް ދާން ޚާލިދު އީރާނުގެ އިސްވެރިންނަށް ލަފާ ދެއްވިކަމަށް ބުންޏެވެ. އަދި ފަލަސްޠީނާއި ލުބްނާނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އިތުރު ހަމަނުޖެހުމެއް މުޅި ސަރަޙައްދަށް ތަހައްމަލު ނުކުރެވޭނެކަމަށް ވެސް ޚާލިދު ވިދާޅުވިކަމަށްވެއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މިހާރު ދަނީ މުހިންމު މަޝްވަރާތަކެއް ކުރަމުންނެވެ. ޓްރަމްޕްގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމެވެ. އަދި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓުވުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. އަދި، އެ ކަން ވިޔަ ނުދިނުމަށް ކޮންމެ ފަދަ ފިޔަވަޅެއް އެޅުއްވުމަށް ވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕް ހުންނެވީ ތައްޔާރަށެވެ.
ޔުރޭނިއަމް މުއްސަނދި ކުރުމުގެ ވިސްނުން ދޫކޮށްނުލައިފިނަމަ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ. ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. އިޓަލީވިލާތުގެ ރޯމްގައި ބޭއްވި މި މަޝްވަރާތަކުގެ ފަސް ބަނަ ބުރު މިހާރު ނިންމާލާފައިވާއިރު، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ވަރަށް ގިނަ މަސައްކަތް ކުރަންހުރި ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
