
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން ލުބްނާންގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ލުބްނާންގެ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު އެކުލަވައިލާފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށެވެ. ލުބްނާންގެ ޤައުމީ ނޫސް އިދާރާއިން ބުނީ، ފަހަކަށް އައިސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އިތުރު ކޮށްފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ނަބަޠިއްޔާ އަލް-ފޫޤާއާއި، ބަޔިތު ލީފާއި، ރާމިޔާއާއި، އަލް-ބީސަރިއްޔާއާއި، ވާދީ އަލް-ޞަފާ އަދި އަލް-ސަރީރާއަަށެވެ. އެ ޙަމަލާތައް ދީފައި ވަނީ އަސްކަރީ މަތިންދާބޯޓާއި ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެންނެވެ. އޭގެ ތެރެއިން އެއް ޙަމަލާގައި ޝަހީދު ކޮށްލާފައި ވަނީ، ލުބްނާންގެ ސަރުކާރު މުވައްޒަފެކެވެ. އަލް-ނަބަޠިއްޔާ އަލް-ފޫޤާގެ މޭޔަރު ޒަޔިން ޢަލީ ޣަންދޫރް ވިދާޅުވީ، ޝަހީދު ކޮށްލާފައިވާ މީހާގެ ކުށަކީ، ފެން ވަޅަކުން ފެން ނަގައިގެން، އެ ރަށުގެ ޢާންމުންނަށް ފެން ގެންގޮސްދިނުން ކަމުގައެވެ.
“[ލުބްނާންގެ] ޢާންމު ރައްޔިތުންނާއި، މަދަނީ ވަސީލަތްތަކާއި، ލުބްނާންގެ ސަރުކާރާއި ދައުލަތުގެ އިދާރާތަކަށް ޙަމަލާ ދިނުމަށް ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރަން،” ބަޔާނެއްގައި ޣަންދޫރް ވިދާޅުވިއެވެ. ޔަހޫދީންގެ މި ފަދަ ޖަރީމާތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އޭނާ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ދެވަނަ މީހަކު ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ބަޑީގެ ޙަމަލާތަކެއްގައި ކަމުގައެވެ. އެ ޙަމަލާ ދީފައި ވަނީ ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ކަފްރަކްލާގައެވެ. ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ޙިޒްބުاللهން ދަނީ އެ އެއްބަސްވުމަށް އިޙުތިރާމު ކުރަމުންނެވެ. ނަމަވެސް، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ ކުށެއް ނެތް ޢާންމުންނެވެ. ހުސްވި ހަފުތާގައި ވެސް ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ. އޭގެ ތެރެއިން ބަޔިތު ލީފަށް ދިން ޙަމަލާއެއްގައި އެކަކަށް އަނިޔާވިއެވެ.
ޔަހޫދީ ފައުޖުން ބުނީ، ލުބްނާނަށް ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން ކަމުގައެވެ. އެއީ އެއްވެސް ގޮތަކަށް ހަމަޖެހޭ ބަހަނާއެއް ނޫން ކަމުގައި ޙިޒްބުاللهން ބުނާއިރު، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ބުނީ އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ބާރު އޮތީ ލުބްނާންގެ އަސްކަރިއްޔާގެ އަތްމަތީގައި ކަމުގައެވެ. އަދި، އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ދައުރު އަދާކުރި ފަރަންސޭސިވިލާތާއި އެމެރިކާއަށް ކަމުގައެވެ. އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުގެ 1701 ނަންބަރު ޤަރާރުގެ ދަށުން ޙިޒްބުاللهން ދަނީ އެ ޖަމާޢަތަށް މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރަމުންނެވެ. ނަމަވެސް، ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ލުބްނާންގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޙަމަލާތައް އަމާޒު ކުރަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ވެރިރަށް ބައިރޫތު ވެސް ހިމެނެއެވެ.
މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ބައިރޫތަށް ނިރުބަވެރި ޙަމަލާތަކެއްދީ، ހަތަރު މީހުން ޝަހީދު ކޮށްލިއެވެ. މީގެ އިތުރުން، އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުގެ ނިރުބަވެރިން ސިފައިން މިހާރު ވެސް ދަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގައި އޮތް ބައެއް ރަށްތަކުގައި ހަރަކާތްތެރިވަމުންނެވެ. ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމުން، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
