
ތިން ބަދަލަކާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިއުލާނުކޮށްފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު އިއުލާންކުރި ސްކޮޑުގައި އަލަށް ހިމަނާފައިވާ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒް އާއި، އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމް އަދި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ. ގައުމީ ޓީމުގެ ސްކޮޑުގައި މި ތިން ކުޅުންތެރިން އަލަށް ހިމެނިއިރު ގައުމީ ޓީމުން އުނިކޮށްފައިވަނީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.
ގައުމީ ޓީމުން އެންމެ އަވަހަށް ކުޅޭ ބައިނަލްއަގުވާމީ މެޗަކީ ޖޫން މަހުގެ ފަސްވަނަ ދުވަހު ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެއަށްފަހު ގައުމީ ޓީމުން ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން 10 ގައި އޮސްޓްރޭލިއާގައެވެ.
ޖޫން 5 އަދި 10 ގައި ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ނަގާފައިވާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން:
- ސަމޫހު އަލީ – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަޙްމަދު ނޫމާން – އޮޑި ސްޕޯޓްސް ކުލަބު
- ހުސެއިން ސިފާއު ޔޫސުފް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަޙްމަދު ރިޒުވާން – ކުލަބު އީގަލްސް
- ހަސަން ނަޒީމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހަސަން ޝިފާޒް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ނާއިޒް ހަސަން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އިޔާން އަބްދުލް އަލީމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހުސެއިން ނިހާން – އޮޑި ސްޕޯޓްސް ކުލަބު
- ހަމްޒާ މުޙައްމަދު – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހައިޝަމް ހަސަން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަޙްމަދު އައިހަމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހުސެއިން ޝަރީފް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުޙައްމަދު ނާއިމް – ބުރު ސްޕޯޓްސް ކުލަބު
- އަލީ ފާސިރު – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުޒްދާން ހަސަން – އޮޑި ސްޕޯޓްސް ކުލަބު
- މުޙައްމަދު ޔާމީން – ވިކްޓަރީ ސްޕޯޓްސް ކުލަބު
- އައިސަމް އިބްރާހީމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުޙައްމަދު އިރުފާން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހަސަން އީނާޒް – ޓީސީ ސްޕޯޓްސް ކުލަބު
- އަޙްމަދު އައިހަމް – އޮޑި ސްޕޯޓްސް ކުލަބު
- ހައިސަމް ރަޝީދު – އޮޑި ސްޕޯޓްސް ކުލަބު
- އިބްރާހީމް އުސާމާ ހަސަން މަޖީދު – ބުރު ސްޕޯޓްސް ކުލަބު
ގައުމީ ޓީމު ސިންގަޕޫރަށް ދިއުމަށް ހަމަޖެހިފައިވަނީ ޖޫން ދޭއްގައެވެ. ސިންގަޕޫރުގައި ކޭމްޕް ކުރުމަށްފަހު އަދި ހަމަޖެހިފައިވާގޮތުން ރާއްޖެ ނައިސް ދާނީ އޮސްޓްރޭލިއާއަށެވެ. ގައުމީ ޓީމުގެ މި ދެ މެޗުގައި ޓީމުގެ ހެޑް ކޯޗެއްގެ ދައުރު އަދާކުރާނީ މީގެ ކުރިންވެސް ގައުމީ ޓީމަށް އިރުޝާދު ދެމުން އައި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
