
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ނުކުންނާނީ ތަޖުރިބާގެ އަލީގައި ކަމަށާއި، މި މުބާރާތް ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ. ޖަރުމަނުގެ ވެރިރަށް މިއުނިކްގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗަށް ޕީއެސްޖީ ތައްޔާރުވަމުންދާއިރު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ފާއިތުވެދިޔަ ދެ އަހަރު ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އަދި ޒުވާން ކުޅުންތެރިންނާއިއެކު އެ ޓީމުން މިހާރު ހޯދަމުންދާ ނަތީޖާތަކާއިއެކު މި މުބާރާތުގެ ތަށި ހޯދޭނެކަމުގެ ޔަގީންކަން ބޮޑުކަމަށްވެސް އެންރީކޭ ވަނީ ބުނެފަ އެވެ.
“އަހަރެންގެ އެންމެ ބޮޑު އުންމީދަކީ ޕީއެސްޖީ އާއިއެކު ތާރީހީ ކާމިޔާބީއެއް ހޯދުން. އެއީ ފުރަތަމަ ފަހަރަށް އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުން. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އަހަރެންގެ އުންމީދަކީ މި މުބާރާތް ކާމިޔާބު ކުރުން.” ބާސެލޯނާއަށް ކުރިން ކޯޗު ކޮށްދިން އެންރީކޭ ބުންޏެވެ. އެންރީކޭ އިތުރަށް ބުނެފައިވަނީ އިދިކޮޅަށް ނިކުންނަ އިޓަލީގެ އިންޓަރ މިލާނަކީ ހުރިހާ ގޮތަކުންވެސް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅޭ މެޗުތަކަކީ ފަސޭހަ މެޗުތަކެއް ނޫން ކަމަށެވެ. އަދި މި ދަނޑަކީ ޕީއެސްޖީއަށް އައު ދަނޑެއް ނޫން ކަމަށާއި އެހެންކަމުން މި މެޗުގައި ކަންކުރަންވީ ގޮތް ކުޅުންތެރިންނަށް ވަރަށް ރަގަޅަށް ކިޔައިދީފައިވާ ކަމަށެވެ.
“އިޓަލީގެ ޓީމު ތަކަކީ ފަސޭހަ ޓީމުތަކެއް ނޫން އަދި މި ސީޒަނުގައި އެ ޓީމުން ވަނީ ތަފާތު ދައްކާފަ. ނަމަވެސް ޕީއެސްޖީގައި މިހާރު އޮތް ސްކޮޑަށް އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް އަދި މި ދަނޑަކީ އަހަރުމެންނަށް އައު ދަނޑެއް ނޫން.” އެންރީކޭ ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފައިވާއިރު އެ ހަނދާންތައް ޕީއެސްޖީގައި އެބަހުރި ކަމަށާއި މި މެޗަށް ނިކުންނާނީ އެ ތަޖުރިބާތަކުން އިބްރަތް ލިބިގެން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
