
އޭނާގެ ހުރިހާވެސް ވިސްނުމަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީއަށް ހޯދައިދިނުން ކަމަށް ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބުނެފިއެވެ. އޭނާ މިހެން ބުނީ މިރޭ ކުޅޭ މުބާރާތުގެ ފައިނަލްގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ. މި މެޗުން މޮޅުވެ، ޕީއެސްޖީ އަށް ތަށި ލިބިއްޖެނަމަ މި ސީޒަނުގައި އެ ޓީމަށް ތިން ތަށި ހާސިލުކުރެވޭނެ އެވެ. އެއީ މިހާރު ވެސް ފްރެންޗް ކަޕާއި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދާފައިވާތީ އެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ މި ސީޒަނުގެ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް ލިބުން އެންމެ ގާތް އެއް ކުޅުންތެރިއަކީވެސް ޑެމްބެލޭ އެވެ. ނަމަވެސް އޭނާ ބުނީ މިއީ އޭނާ ވިސްނާ ކަމެއް ނޫން ކަމަށާއި ހުރިހާ ވިސްނުމަކީ ތަށި ހޯދައިދިނުން ކަމަށެވެ.
“ޕީއެސްޖީގެ ކުޅުންތެރިއަކަށް ވުމުން އެންމެ މުހިންމު ކަމަކީ މި ތަނަށް ޗެމްޕިއަންސް ލީގުގައި ކުޅޭއިރު އެ ތަށި ގެނެސްދިނުން. އަހަރެންގެ ހުރިހާ ފޯކަސް އެއް ހުރީ އެކަމަށް. އިންޑިވިޖުއަލް އިނާމް ތަކަކީ އަހަރެންގެ ފުރަތަމަ ވިސްނުމެއް ނޫން. އެކަން އަންނަނީ ދެ ވަނަ ކަމަކަށް. އަހަރެންގެ ހުރިހާ ފޯކަސް އެއް ހުރީ މި ތަށި ހޯދަން،” ޑެމްބެލޭ ބުންޏެވެ. ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން ސްޕޭނުގެ ބާސެލޯނާއަށް ކުޅުނު ފޯވަޑް ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށުން މުޅި ޓީމުގެ ވިސްނުން ބަދަލު ވެއްޖެ ކަމަށެވެ. އަދި މިހާރު ހުރިހާ ކުޅުންތެރިން ވެސް ތިބީ ކާމިޔާބު ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަކާއެކުގައި ކަމަށެވެ. މި މެޗުގައި އިދިކޮޅަށް ނުކުންނަށް އިންޓަރ މިލާނަކީ މޮޅު ޓީމެއްކަން ފާހަގަ ކުރަމުން ޑެމްބެލޭ ބުނީ އިންޓަގެ ފަރާތުން ތިން ކަމެއް ފާހަގަ ކުރެވޭ ކަމަށެވެ.
“އެއީ ވަރަށް ފިޒިކަލް ޓީމެއް. އެ މީހުން ދަނޭ ޑިފެންސް ކުރަން. އަދި ކުރި ވެސް ވަރުގަދަ މޮޅު ޓީމެއް އެއީ. އެ މީހުންނަކީ ފައިނަލް ކުޅެން ހައްގު ޓީމެއް. އެކަމަކު އަހަރުމެންނަށް ކުޅެން މި ޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ،” ޑެމްބެލޭ ބުންޏެވެ. އެނާ ބުނީ ފައިނަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިއީ ކުޑައިރުއްސުރެ އުއްމީދު ކުރި މުބާރާތެއްގެ ފައިނަލެއް ކަމަށާއި މޮޅަށް ކުޅެ މި ތަށި ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މިރޭގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
