
ކުރިއާ ޚިލާފަށް ޕީއެސްޖީއަކީ މިހާރު ވަރަށް އެކުވެރި ޓީމެއް ކަމަށް ކެޕްޓަން މާކީނިއޯސް ބުނެފިއެވެ. ބްރެޒިލްގެ އިތުބާރު ޑިފެންޑަރު މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ކުޅެން ނުކުތުމަށް ތައްޔާރުވަމުންނެވެ. މީގެ ދެ އަހަރު ކުރިން ޕީއެސްޖީގައި އޮތީ ވަރަށް ވަރުގަދަ ޓީމެކެވެ. ޚާއްސަކޮށް ފޯވަށް ލައިނުގައެވެ. ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތިބި ނަމަވެސް، އެ ކުޅުންތެރިން ތިބެ ޗެމްޕިއަންސް ލީގު ނުލިބުނުއިރު ފައިނަލަށްވެސް ގޮސްފައެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މާކީނިއޯސް ބުނީ އޭރުގެ ޓީމާ އަޅާ ބަލާއިރު މިހާރު މުޅި ޓީމަކީ ވެސް ވަރަށް އެކުވެރި ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.
“މިހާރު މިއީ ޓީމެއް. ވަކިވަކި ކުޅުންތެރިން ތަކެއް ނޫން. މި ޓީމުގައި ހިމެނޭތީވެ އަހަރެން އުފާ ކުރަން. މި ޓީމުގެ މެމްބަރަކަށް ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،” މާކީނިއޯސް ބުންޏެވެ. އޭނާ ބުނީ މިއީ ޕީއެސްޖީގައި މި ތަށި ހޯދަން އޭނާ އަށް ލިބޭ ދެ ވަނަ ފުރުސަތު ކަމަށާއި މިހެންވެ ކުރީގެ ފައިނަލަށްވުރެ ބޮޑަށް މި މެޗަށް ތައްޔާރުވާނެ ކަމަށެވެ. މި މެޗުން މޮޅުވެ، ޕީއެސްޖީ އަށް ތަށި ލިބިއްޖެނަމަ މި ސީޒަނުގައި އެ ޓީމަށް ތިން ތަށި ހާސިލުކުރެވޭނެ އެވެ. އެއީ މިހާރު ވެސް ފްރެންޗް ކަޕާއި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދާފައިވާތީ އެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ މި ސީޒަނުގެ އެންމެ މޮޅު ޓީމަކަށް ވާނީ ވެސް ޕީއެސްޖީ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
