
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ފްރާންސްގެ ޕީއެސްޖީން އެ ޓީމު ހިތްދަތިކޮށްލާނެ ވަގުތުތަކެއް އަންނާނެ ކަމަށާއި، ނަމަވެސް މެޗުން މޮޅުވެވިދާނެ ކަމަށް އިންޓަރ މިލާނުގެ ކޯޗު ސިމޯން އިންޒާގީ ބުނެފިއެވެ. މެޗަށް ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ މުބާރާތުގެ ފައިނަލަށް އޭނާގެ ޓީމު ދަތުރު ކުރީ ވެސް އުނދަގޫ ދަތުރަކުން ކަމަށެވެ. “އަހަރުމެން ފައިނަލަށް އައި ގޮތް ފަސޭހަ އެއް ނޫން. އަހަރުމެންނަށް އިތުބާރު ލިބުނީ ބަޔާން މިއުނިކް ބަލި ކުރެވުމުން. އަދި ބާސެލޯނާ ވެސް ސެމީ ފައިނަލުގައި ވަރަށް މޮޅަށް ކުޅުނު. އަހަރުމެން ހިތްދަތި ކޮށްލި ވަގުތުތައް ވެސް ދިޔަ. އެހެންވީމާ މި މެޗުގައި ވެސް އެހެން ވެދާނެ. އެކަމަކު އަހަރުމެންނަށް މޮޅުވެވޭނެ،” ކޯޗު ބުންޏެވެ.
އޭނާ ބުނީ ޕީއެސްޖީ އަކީ މޮޅު ޓީމެއް ކަމަށެވެ. ހާއްސަކޮށް އެ މީހުންގެ ފޯވަޑް ލައިން ވަރުގަދަ ކަމަށެވެ. “ޕީއެސްޖީ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެކަމަކު އަހަރުމެންގެ އެޑްވާންޓޭޖްތަކަށް އަހަރުމެން ކުޅެފިނަމަ މޮޅުވެވޭތަން އަހަރެންނަށް ފެނޭ. އަހަރުމެން ޕީއެސްޖީއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އެ މީހުންގެ ކޮށްފާނެ ކަންކަން އެނގި ތިބިގެން،” ކޯޗު ބުންޏެވެ. އޭނާ އަދި ބުނީ ހަނިގޮތަކަށް އިޓާލިއަން ލީގު މި ސީޒަނުގައި ގެއްލުމުން އިންޓަގެ ސަޕޯޓަރުންގެ ހިނިތުންވުން ގެނައުމަށް މިރޭގެ ފައިނަލް މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށެވެ.
މި މެޗާއެކު އިންޓަމިލާނުގެ ކޯޗުކަމުން އޭނާ ވަކިވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ކޯޗު ޖަވާބު ދިނެވެ. އޭނާ ބުނީ ފާއިތުވެދިޔަ ހަތަރު އަހަރު އިންޓަ މިލާނުގައި ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. ކޯޗެއްގެ ގޮތުން އިންޓައިން އޭނާ އަށް ނުލިބޭ އެކައްޗެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ކުރިމަގަށް ވިސްނާއިރު މިރޭގެ ފައިނަލާ މެދު ދެކެނީ ހަމައެކަނި ފައިނަލް މެޗެއްގެ ގޮތުގައި ކަމަށާއި ފައިނަލަށް ފަހު ރަނގަޅު ވަގުތެއް ލިބިއްޖެނަމަ މެނޭޖްމަންޓާއެކު އޭނާގެ މުސްތަގްބަލާމެދު މަޝްވަރާކުރާނެ ކަމަށެވެ.
“ސީނިއާ މެނޭޖްމަންޓް މި އޮތީ މި މި ތަނުގައި ފައިނަލަށް އައިސްފައި. އަހަރުމެން ވާހަކަ ދައްކާނީ ވަރަށް ހަމަޖެހިގެން އަންނަ ހަފުތާގައި. އަހަރުމެން ވާހަކަ ދައްކާނީ އިންޓަ މިލާނަށް އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރަން،” ކޯޗު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
